މަސައްކަތް
ނަންބަރު: GS-119/2015/I-13
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:49
ސުންގަޑި: 24 މޭ 2015 10:30
ލަންދޫ ސްކޫލް، ނ. ލަންދޫ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.   

ސްޓާފް ފާޚާނާއެއް

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މަޢުލޫމާތު ސާފުކުރައްވައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • މަޢުލޫމާތު ސާފުކުރުން:

    24 މޭ 2015 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ލަންދޫ ސްކޫލުގެ އޮފީސްރޫމްގައި.

  • އަންދާސީހިސާބު ހުށަހެޅުން:

    28 މޭ 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ލަންދޫ ސްކޫލުގެ އޮފީސްރޫމްގައި.

  • އަންދާސީހިސާބު އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް:

#

ޕޮއިންޓްދިނުމުގައި ބެލެވޭނެ ކަންތައް

ޕޮއިންޓް

1

މަސައްކަތުގެ އަގަށް

70

2

މަސައްކަތުގެ މުއްދަތަށް

10

3

މާލީ ތަނަވަސްކަމާއި ޤާބިލުކަމަށް

10

4

މަސައްކަތުގެ ތަޖުރިބާއަށް

10

 

ޖުމްލަ: (ސަތޭކަ)

100

އަންދާސީހިސާބު ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅުއްވާ ބޭފުޅުންގެ ކުރިމަތީގައި އަންދާސީހިސާބު ކޮމެޓީގެ މެމްބަރުންގެ ހާޒިރުގައެވެ. އަދި ދެންނެވިފައިވާ ގަޑިއަށް ހާޒިރުވެނުލައްވާ ބޭފުޅުންނަށް މަޢުލޫމާތު ސާފުކޮށްދެވޭކަށް ނޯންނާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި، މަޢުލޫމާތު ސާފުނުކުރައްވާ ބޭފުޅުންގެ އަންދާސީހިސާބުތައް ބަލައިގަނެވެންނޯންނާނެ ވާހަކަ ދަންނަވަމެވެ. އެއް ގުރޫޕަކުން ނުވަތަ އެއް ކޮމްޕެނީއަކުން ދެ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ، އެ ދެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. ޕެންޑްރައިވް ނުވަތަ ސީޑީ ގެންނަ ފަރާތްތަކަށް އަންދާސީހިސާބު މަޢުލޫމާތު އެރުވޭނީ ސޮފްޓްކޮޕީ ހިލެއެވެ. އަންދާސީހިސާބު މަޢުލޫމާތު ޕެކޭޖެއްގެ ހާޑްކޮޕީ ބޭނުންފުޅުވާނަމަ އަގަކީ -/10 (ދިހައެއް) ރުފިޔާއެވެ.

28 ރަޖަބު 1436

17 މޭ 2015