ބީލަން
ނަންބަރު: (IUL)425-A2/1/2024/214
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 21:13
ސުންގަޑި: 11 ޖުލައި 2024 13:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ ފަރާތުން ބާއްވާ ރައްޔިތުންގެ ބައްދަލުވުމުގެ އިވެންޓް އިންތިޒާމްކޮށްދެއްވާނެ ފަރާތެއް ހޯދުމާއިގުޅޭ،

          މާލޭ ސިޓީ ކައުންސިލްގެ ފަރާތުން 18 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:45 ގައި ލޮނުޒިޔާރަތް ޕާކުގެ ކަސްރަތުފެހީގައި ބާއްވާ ރައްޔިތުންގެ ބައްދަލުވުމުގެ އެންމެހާ ކަންކަން އިންތިޒާމްކޮށް ހަމަޖައްސަދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

        

         ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2024 ޖުލައި 11 ވާ ބުރާސްފަތި  ދުވަހުގެ 13:00 އަށް ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ / ކަރަންކާމަގު، މާލޭ ސިޓީ ކައުންސިލްގެ އިދާރާ / އެޑްމިން ސެކްޝަން، މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

          މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 2024 ޖުލައި 08 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected]އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

 

25 ޛުލްޙިއްޖާ 1445

01 ޖުލައި 2024  

01 ޖުލައި 2024