ދިވެހިރާއްޖެ
އަމިއްލައަށް ފަރުމާކޮށްގެން، އަމިއްލަ ތަކެތީގައި ފެންއަރުވާ ވަޑާމެއް ހަދައިދޭނެ ފަރާތެއް ހޯދުމާބެހޭ:
އަމިއްލައަށް ފަރުމާކޮށްގެން، އަމިއްލަ ތަކެތީގައި ފެންއަރުވާ ވަޑާމެއް ހަދައިދޭނެ ފަރާތެއް ބޭނުންވެގެން 04 މޭ 2015 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު IUL)138-AS6/1/2015/131) އާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 މޭ 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 02:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 މޭ 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 02:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
1 ޝަޢުބާން 1436