ދިވެހިރާއްޖެ
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަރޝިޕް" ހަފްލާގެ އިވެންޓް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުން.
މި ވުޒާރާ އިން ބޭއްވުމަށް ހަމަޖެހިފައިވާ " ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަރޝިޕް " އެވޯޑިންގ ހަފްލާ އަށް އިވެންޓް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް 2024 ޖުލައި 3 ގެ 14:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 4 ޖުލައި 2024 ވަނަ ދުވަހުގެ 12:00 ގައެވެ. ބިޑް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2024 ޖުލައި 10 ދުވަހުގެ 11:00 ގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއިހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާ، އުމަރު ޒާހިރު އޮފީސް އިމާރާތުގެ ފަސްވަނަ ފަންގިފިލާގައި އެވެ. މި އިއުލާނާއެކު ބީލަން މަޢުލޫމާތު ޝީޓް ހިމެނޭހެން ގެޒެޓް ކުރެވިފައިވާނެއެވެ.