މަސައްކަތް
ނަންބަރު: (IUL) 404-ESMS/2015/28
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 26 މޭ 2015 11:00
ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ހެދުމަށް ހަމަޖެހިފައިވާ ފުޓްބޯޅަދަނޑުގައި ހުރި ރުއްގަސް ނަގައި ބިން ސާފުކޮށް، ލެވެލް ކޮށްދޭނެ ފަރާތެއް ހޯދަން

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ކުރިއަށް ގެންދަވާ ސްޕޯޓްސް އެރީނާ ކޮންސެޕްޓްގެ ދަށުން މިރަށުގައި އަލަށް ހެދުމަށް ހަމަޖެހިފައިވާ 250x350 ފޫޓުގެ ފުޓްބޯޅަދަނޑުގައި ހުރި ރުއްގަސް ނަގައި ބިން ސާފުކޮށް، ލެވެލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މަތީގައިވާ މަސައްކަތުގެ އަގު ދިނުމަށް ހަމަޖެހިފައިވަނީ ތިންފަހަރެއްގެ މަތިންނެވެ. މިގޮތުން ފުރަތަމަ ޕޭމަންޓްގެ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ އެގްރީމަންޓުގައި ސޮއިކުރުމަށްފަހު މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތުގެ ތާވަލް ފޮނުއްވައިދެއްވުމުންނެވެ. ދެވަނަ ޕޭމަންޓަށްވާ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ %50 ނިމުމުންނެވެ. ތިންވަނަ ޕޭމަންޓްގެ ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތް ނިމުމުން މިކައުންސިލުން މަސައްކަތް ބަލައި ޗެކުކުރުމަށް ފަހުއެވެ.

ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 މޭ 2015 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 ޖޫން 2015 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

30 ރަޖަބު 1436

19 މޭ 2015