ދިވެހިރާއްޖެ
ދިވެހިރާއްޖޭ ފަހުރުވެރި މިނިވަން ދުވަސް ފާހަގަ ކުރުމާއި ގުޅުވައިގެން ބަނޑިދޫ ކައުންސިލާއި ބަނޑިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ދ. ބަނޑިދޫގެ އޮފީސްތަކުގެ މެދުގައި ވޮލީ ކުޅުމުގެ ފޯރި އިތުރުކުރުމާއި އެކުވެރިކަން އުފެއްދުމާއި އަދި ދ. ބަނޑިދޫއިން ހުނަރުވެރި މޮޅު ވޮލީ ކުޅުންތެރިން އުފެއްދުމުގެ މަޤްޞަދުގައި ބާއްވާ އިންޓާރ އޮފީސް އަންހެން އަދި ފިރިހެން ވޮލީމުބާރާތް 2024 ޖުލައި 26 ވަނަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މި 2 މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން ޓީމް ރަޖިސްޓްރީ ކުރުމަށް އެދި ހުށައަޅާ ފޯމް ފުރުއްވުމަށްފަހު ހުށައެޅުވުން އެދެމެވެ. ޓީމް ރަޖިސްޓްރީ ފޯމް ހުށައަޅާނީ ފޯމްގައިވާ މައުލޫމާތު ފުރިހަމަކުރުމަށް ފަހު 18 ޖުލައި 2024 ވަނަ ދުވަހު އޮފީސް ބަންދު ވުމުގެ ކުރިންނެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރުވުމަށްފަހު 24 ޖުލައި 2024 ، 12:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ. ފޯމް ހުށައަޅާނީ މި އިދާރާއަށެވެ. ޓީމް ރަޖިސްޓްރީކުރަން އެދޭ ފޯމާއި ކުޅުންތެރިންނާއި އޮފިސަލުން ރަޖިސްޓްރީ ކުރުމަށް އެދި ހުށައަޅާ ފޯމް އަދި މުބާރާތުގެ ހިންގާ ގަވައިދު މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެވާހަކަ ދެންނެވީމެވެ.
މި 2 މުބާރާތް ސްޕޮންސަރ ކުރުމަށް އެދޭ ފަރާތްތަކުން 15 ޖުލައި 2024 ، 13:00 ގެ ކުރިން ސިޓީ އަކުން އެދި ހުށައެޅުއްވުން އެދެމެވެ. މި މުބާރާތުގެ ޓައިޓަލް ދެވޭނީ 50.000 (ފަންސާސް ހާސް) ރުފިޔާއިން މަތިން ހުށައަޅާ ފަރާތަށެވެ. މުބާރާތުގެ ކޯ ސްޕޮންސާރުންގެ ގޮތުގައި އެކި ދާއިރާތައް ވަކިވަކިން ހުށައެޅިދާނެއެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.