މަސައްކަތް
ނަންބަރު: MNU-BS/2015/07
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:24
ސުންގަޑި: 26 މޭ 2015 10:00
އެމް.އެން.ޔޫ. ބިޒްނަސް ސްކޫލް
ދިވެހިރާއްޖެ
އެއް ކްލާސްރޫމު ސެމިނަރރޫމަކަށް ބަދަލުކޮށް، ކުރީގެ ކެންޓީނުގެ ތެރޭގައި ކްލާސްރޫމެއް ހަދަން

މި ސްކޫލުގައި ބޭނުންކުރާ ކްލާސްރޫމުތަކުގެ ތެރެއިން އެއް ކްލާސްރޫމު ސެމިނަރރޫމަކަށް ބަދަލުކޮށް، ކުރީގެ ކެންޓީނުގެ ތެރޭގައި ކްލާސްރޫމެއް ހަދަން ބޭނުންވެގެން ކުރެވުނު އިޢުލާނު ނަންބަރު: MNU-BS/2015/06ފ(07 މޭ 2015) އިޢުލާނަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.  

ވީމާ، ރޭނުމާއި، ސިމެންތިޖެހުމުގެ އިތުރުން ސީލިންގގެ މަސައްކަތްކުރުމަށް (ލަކުނޑީގެ މަސައްކަތް) ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 މޭ 2015 ވާ (އަންގާރަ) ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 މޭ 2015 ވާ (ބުރާސްފަތި) ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރަން އޮންނަ ދުވަހު މަޢުލޫމާތު ސެޝަނަށް ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި ސްކޫލުގެ ސެމިނަރރޫމުގައެވެ.

19 މޭ 2015