ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2024/262
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 11 ޖުލައި 2024 12:00
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
"ކޮންވަރޓިންގ ވޭސްޓް ޓު އެނަރޖީ އިން އައްޑޫ ސިޓީ" މަޝްރޫއަށް އެސިސްޓަންޓް ޕްރޮޖެކްޓް ކޯޑިނޭޓަރެއް ހޯދުމާއި ގުޅޭ

"ކޮންވަރޓިންގ ވޭސްޓް ޓު އެނަރޖީ އިން އައްޑޫ ސިޓީ"މަޝްރޫއަށް އެސިސްޓަންޓް ޕްރޮޖެކްޓް ކޯޑިނޭޓަރެއް ހޯދުމާއި ގުޅޭ

 

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން އަބޫ ދާބީ ފަންޑް ފޮރ ޑެވެލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ.) ގެ އެހީއާއެކު ކުރިޔަށް ގެންދާ ” ކޮންވަރޓިންގ ވޭސްޓް ޓު އެނަރޖީ އިން އައްޑޫ ސިޓީ" މަޝްރޫއު ހިންގުމަށްޓަކައި އެސިސްޓަންޓް ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ މަޤާމަށް ކުރިމާތިލާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން 11 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1200 ގެ ކުރިން 'އެކްސްޕްރެޝަން އޮފް އިންޓްރެސްޓް' ސިޓީ، ތަޢުލީމީ ފެންވަރުގެ ސެޓިފިކެޓުގެ ކޮޕީ، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުން އެ މުވައްޒަފެއް މި ވަޒީފާއަށް ވީއްލާނެކަމުގެ ސިޓީ، ތިރީގައިވާ އެޑްރެހަށް އީމެއިލް ގެ ޒަރިއްޔާ އިން ހުށަހެޅުއްވުން އެދެމެވެ.

 

މި  ވަޒީފާގެ ޝަރުތުތަކާއި މަސްޢޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަ ކޮށްފައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް http://www.environment.gov.mv/ އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. އީމެއިލް ކުރައްވާއިރު ސުރުޚީގައި އިއުލާން ނަމްބަރާއި އިއުލާނުގެ ނަން ލިޔަންވާނެއެވެ. އަދި އެޕްލިކޭޝަން ހުށަހަޅުއްވާނީ ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

ކޮންވަރޓިންގ ވޭސްޓް ޓު އެނަރޖީ އިން އައްޑޫ ސިޓީ" މަޝްރޫއު އަށް އެސިސްޓަންޓް ޕްރޮޖެކްޓް ކޯޑިނޭޓަރެއް ހޯދުމާއި ގުޅޭ

ހިއުމަން ރިސޯސް ސެކްޝަން،

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ފޯން: 3018300، 3018326

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް ލިބިގެންވެއެވެ.

01 ޖުލައި 2024