ދިވެހިރާއްޖެ
އިޢުލާން
ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ރުއްތައް ކުއްޔަށް ދޫކުރުމާއި ބެހޭ:
މިކައުންސިލުގެ ބެލުމުގެ ދަށުގައިވާ ރުއްތައް، ބިޑް އުސޫލުން، ކުއްޔަށް ދިނުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)343-AS/343/2024/62 ( 02.06.2024 ) އިއުލާނާއިގައި މައްސަލަތަކެއްހުރުމާއެކު އެ އިޢުލާން ބާޠިކޮށް އަލުން އިޢުލާން ކުރަމެވެ.
މިކައުންސިލުގެ ބެލުމުގެ ދަށުގައިވާ ރުއްތައް، ބިޑް އުސޫލުން، 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ. މިގޮތުން މައުލޫމާތު ދިނުމުގެ ސެޝަނާއި ބިޑް ހުށަހަޅަންވީ ގޮތުގެ މައުލޫމާތު ތިރީގައި ބަޔާން ކުރެވިފައި އެވަނީއެވެ. މައުލޫމަތު ދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް ޕްރޮޕޯޝަލް ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ. ހުށައެޅޭ ޕްރޮޕޯޝަލްތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ. އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށްޓަކައި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ހުށަހަޅުއްވާފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއިއެކު ބަދަލުގައި ފޮނުއްވާފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އައިޑީކާޑް ނަމްބަރ ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންޖެހޭނެއެވެ. މައުލޫމާތު
މައުލޫމާތު ދިނުމުގެ ސެސަން ބާއްވާ ތާރީޚް |
މައުލޫމާތު ދިނުމުގެ ސެސަން ބާއްވާ ގަޑި |
ބިޑް ހުށައެޅުމަށް ދުރުވަންވީ ތާރީޚް |
ބިޑް ހުށައެޅުމަށް ދުރުވަންވީ ގަޑި |
04 ޖުލައި 2024 |
މެންދުރުފަސް 13:00 |
11 ޖުލައި 2024 |
މެންދުރުފަސް 13:00 |
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
01 ޖުލައި 2024