ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)492-MAP/492/2024/103
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 11 ޖުލައި 2024 12:00
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
މޮނިޓަރިންގ އެންޑް އިވެލުއޭޝަން އެސިސްޓެންޓް

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މިމިނިސްޓްރީން ކުރިއަށްގެންދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް- މެޕް] އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް ހއ، ހދ އަދި ށ އަތޮޅުގައި ހިންގޭ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓަށް ބޭނުންވާ ތިރީގައި ބަޔާންކުރެވިފައިވާ މަޤާމަށް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މި މިނިސްޓްރީއިން ހުޅުވާލަމެވެ. އަދި މި މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހއ، ހދ އަދި ށ އަތޮޅުގައި ދިރިއުޅޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 

މަޤާމް:

މޮނިޓަރިންގ އެންޑް އިވެލުއޭޝަން އެސިސްޓެންޓް

މުއްދަތު:

ކޮންޓްރެކްޓް (1 އަހަރު) މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކެޓް އާކުރެވޭނެ

ބޭނުންވާ ޢަދަދު:

1

މުސާރާ:

12،000.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

ހއ، ހދ އަދި ށ އަތޮޅުގެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާ ރަށްތަކުގައި.

މަޤާމުގެ ޝަރުތު:

 

އޯލެވެލް ނިންމާފައިވުމާއިއެކު މަދުވެގެން 2 މާއްދާއިން ސީ ފާސް ލިބިފައި ވުމާއި އެކު ދިވެހިން ފާސްވެފައިވުމާއި އެކު މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

އޭލެވެލް ނިންމާފައިވުމާއި އެކު މަދުވެގެން 2 މާއްދާއިން "ޑީ ފާސް" ލިބިފައިވުމާއިއެކު ދިވެހިން ފާސްވެފައިވުން.

ނުވަތަ

ބިޒްނަސް ނުވަތަ އެޑްމިނިސްޓްރޭޝަން ނުވަތަ މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާ އަކުން ލެވެލް 4 ގެ ސެޓްފިކެޓްއެއް ހާސިލް ކޮށްފައިވުމާއިއެކު އޯލެވެލް ނުވަތަ އޭލެވެލް ދިވެހިން ފާސްވެފައިވުން.

ވީމާ، މިވަޒީފާއަށް ޝަރުޠުފުރިހަމަވާ ފަރާތްތަކަށް، ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު (expression of interest)، މިނިސްޓްރީގެ ޕްރޮޖެކްޓް އިންޕްލިމެންޓޭޝަން ޔުނިޓުން ހުޅުވާލަމެވެ. ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުން، މި މަސައްކަތް ކުރުމަށް ބޭނުންވާ ކޮލިފިކޭޝަން (ފެންވަރު) އާއި ތަޖުރިބާ ހުރިކަން ދައްކުވައިދޭ މަޢުލޫމާތު ފޯރުކޮށްދޭންވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތަކީ، މަޞްލަޙަތު ފުށުއެރުމެއް ނެތް، ނުވަތަ މަޞްލަޙަތު ފުށުއެރުމެއް ވުމުގެ ފުރުޞަތު އޮތް ނުވަތަ އެކަށީންގެންވާ ހަމަތަކުން ބަލާއިރު އެފަދަ ފުށުއެރުމެއް އޮވެދާނެކަމަށް ބެލެވޭ ފަރާތަކަށް ވެގެންނުވާނެއެވެ. އަދި އިފާޑުން ހުއްދަ ނުދޭހާހިނދަކު، މިދެންނެވިފަދައިން މަޞްލަޙަތު ފުށުއެރުމެއް ވާކަމަށް ބެލެވޭ ފަރާތްތަކުގެ ހުށަހެޅުންތައް ޑިސްކޮލިފައިކުރެވޭނެއެވެ.

މިވަޒީފާއަށް ހޮވޭނީ، އިފާޑުގެ ޕްރޮޖެކްޓް ޕްރޮކިއުމަންޓް ހޭންޑްބުކްގައި ބަޔާންކޮށްފައިވާ "އިންޑިވިޖުއަލް ކޮންސަލްޓަންޓް ސިލެކްޝަން" އާ އެއްގޮތްވާ ގޮތުގެމަތިންނެވެ. މިދެންނެވި ހޭންޑް ބުކް އިފާޑުގެ ވެބްސައިޓްގެ www.ifad.org/project-procurement. މި ލިންކުން ބައްލަވައިލެއްވޭނެއެވެ.

"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހަޅުއްވާނީ ، 11 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ސީވީ ހުށަހަޅުއްވައިގެންނެވެ.

25 ޛުލްޙިއްޖާ 1445

01 ޖުލައި 2024

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް

ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް

މިނިސްޓްރީ އޮފް  އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

5 ވަނަ ފަންގިފިލާ، މ.ހަޒާރުމާގެ، ފަރީދީމަގު

މާލެ، ދިވެހިރާއްޖެ

ފޯން: 3033400

އީމެއިލް: [email protected]

01 ޖުލައި 2024