ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2024/173
ޕަބްލިޝްކުރި ތާރީޚް: 01 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 11 ޖުލައި 2024 14:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީ ކައުންސިލުގެ އޮފީސްތަކުގެ ފުޓްސަލް މުބާރާތް 2024 ރާވާ ހިންގާނެ ފަރާތެއް ހޯދުން.

އިޢުލާން

ތިނަދޫ ސިޓީ ކައުންސިލުގެ އޮފީސްތަކުގެ ފުޓްސަލް މުބާރާތް 2024 ރާވާ ހިންގާނެ ފަރާތެއް ހޯދުން.

  ތިނަދޫ ސިޓީގައި ޤާއިމްކުރެވިފައިވާ ސަރުކާރުގެ އޮފީސްތަކާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އިޖުތިމާޢީ ރޫޙު އަށަގަންނުވައި މަސައްކަތުގެ މާޙައުލުން ބޭރުން މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް ކުޅިވަރުގެ ފޯރިއާއި ޖޯޝާއެކު ދުޅަހެޔޮކަން އިތުރުވުމަށް މަގުފަހި ކުރުމަށްޓަކައި މިއަހަރުވެސް "ތިނަދޫ ސިޓީ ކައުންސިލުގެ އޮފީސްތަކުގެ ފުޓްސަލް މުބާރާތް 2024" މިނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ކުރިން ކުރެވުނު އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އަލުން މި މުބާރާތް ބާއްވައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު/ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ވިޔަފާރި ކުންފުނިތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ޖަމްޢިއްޔާތަކުން 11 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް  [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

 

ތާރީޚް

ދުވަސް

ގަޑި

ތަން

ރެޖިސްޓްރޭޝަން މުއްދަތު

01 ޖުލައި 2024 އިން 11 ޖުލައި 2024 އަށް

-

11 ޖުލައި 2024 ގެ 14:00އަށް

ތިނަދޫ ސިޓީ ކައުންސިލް އިދާރާ / އީމެއިލް މެދުވެރިކޮށް

ބީލަން ހުށަހެޅުން

22 ޖުލައި 2024

ހޯމަ

11:00

ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް


                          

01 ޖުލައި 2024