ދިވެހިރާއްޖެ
މި އިޢުލާންވަނީ 24 ޖުލައި 2024 15:29 ގައި ބާތިލް ކުރެވިފައެވެ.
ކ. ކާށިދޫ ގައި އެމްއައިޓީޑީސީ އާއި ގުޅުން ހުރި މަސައްކަތުގެ ވެލުއޭޝަން ރިޕޯޓްތަކެއް ހަދައިދޭނެ ފަރާތެއް ހޯދުން
މި ކޯޕަރޭޝަނުގެ ފަރާތުން އިންޓަރގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ޤަސްތުކޮށްފައިވާ ކ. ކާށިދޫ ގެ ޓޫރިސްޓް ވިލެޖު ޞަރަޙައްދުގައި ކޮށްފައިވާ މަސައްކަތްތަކެއް، ތަފްޞީލުކޮށް ބަލާ، އެމަސައްކަތްތަކުގެ ވެލުއޭޝަންގެ 2 ރިޕޯޓް މީގެ އިތުރުން ކ. ކާށިދޫގަ ހިންގަން ރާވައިފަވާ މަޝްރޫޢެއްގެ ފީސިބިލިޓީ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، މި ބާވަތުގެ މަސައްކަތްތައް ކުރައްވާ އަދި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލާ ކުރި އިޢުލާން ނަންބަރު: (IUL)MITDC-P/1/2024/15 އަށް އެދިވިގެންވާ ވަރަށް ތަރުޙީބު ލިބިފައި ނުވާތީ އަލުން ފުރުޞަތު ހުޅުވާލާ އިޢުލާން ކުރަމެވެ.
މަޢުލޫމާތު ކަރުދާސް (TOR) މި ޢިއުލާންގައި އެއް ކަރުދާސް ކުރެވިފައި ވާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން: 3 ޖުލައި 2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މި ކޯޕަރޭޝަންގެ އޮފީހުގައި
އަންދާސީ ހިސާބު ހުށަހެޅުން: 11 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މި ކޯޕަރޭޝަންގެ އޮފީހުގައި
ސަމާލުކަން ދެއްވުމަށް: މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑީގެ ފަހުން ހާޟިރުވާ ފަރާތްތަކަށް، ބައިވެރިވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.
އޮފީސް އެޑްރެސް: މ. އައިރިސް (7 ވަނަ ފަންގިފިލާ)، ފަރީދީ ގޯޅި، މާލެ
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ މަސައްކަތު ގަޑީގައި) 3019911 ނަންބަރު ފޯނަށެވެ.
1 ޖުލަައި 2024މ.