ދިވެހިރާއްޖެ
ކޮނޑޭ މަދަރުސާގެ ޕާޓިޝަން ޖަހައިދޭނެ ފަރާތެއް ހޯދުމާގުޅޭ
ކޮނޑޭ މަދަރުސާއަށް ކޮންމެހެން ބޭނުންވާ މަރާމާތުކުރުމަށް ކުރެވުނު އިޢުލާން ނަންބަރު GS196/IUL/2015/07 އާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ކޮނޑޭ މަދަރުސާގެ ކްލާސްރޫމްތަކުގައި ޕާޓިޝަން ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 މޭ 26ވާ އަންގާރަ ދުވަހުގެ 11:00އަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 2ވާ އަންގާރަ ދުވަހުގެ 11:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ބޭފުޅުންނަށާއި ގަޑިޖެހިގެން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަވެސް ދެންނެވީމެވެ.
1 ޝަޢުބާން 1436