މަސައްކަތް
ނަންބަރު: (IUL)245/245/2024/55
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 14:58
ސުންގަޑި: 02 ޖުލައި 2024 10:00
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެއުމާއި ސައި ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

މި ކައުންސިލާއި އުލިގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބޭނުމަކަށް މި ރަށަށް ވަޑައިގަންނަވާ 2 މެހެމާނަކަށް 15 ދުވަހުގެ މުއްދަތަށް ކޮއްތު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިގޮތުން، ކޮންމެ ދުވަހެއްގެ ހެނދުނު ސަޔާއި، މެންދުރު ކެއުމާއި، ހަވީރު ސައި އަދި ރޭގަނޑުގެ ކެއުން ހަމަޖައްސައިދޭންވާނެއެވެ.

މި ޚިދުމަތް ފޯރުކޮށްދޭން އެދޭ ފަރާތްތަކުން 2024 ޖުލައި 02 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ގެ ކުރިން އަގު ހުށަހަޅާ ފޯމު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާ ފޯމު މި އިއުލާނާއެކު ހިމެނިފައިވާނެއެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 6501013 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ޖޫން 2024