މަސައްކަތް
ނަންބަރު: (IUL)472/472/2024/52
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 14 ޖުލައި 2024 11:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މި ވުޒާރާއިންދޭ އިންޓީރިއަރ ޑިޒައިން އާއި އެއްގޮތަށް ބައެއް ކޮޓަރިތަކާއި މީޓިންގ ރޫމެއް މަރާމާތުކޮށް ފަރނިޗަރ ހޯދަދޭނެ ފަރާތެއް ހޯދުން

ި ވުޒާރާއިންދޭ އިންޓީރިއަރ ޑިޒައިން އާއި އެއްގޮތަށް ބައެއް ކޮޓަރިތަކާއި މީޓިންގ ރޫމެއް މަރާމާތުކޮށް ފަރނިޗަރ ހޯދަދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ޢިއުލާން ނަންބަރ (IUL)472-ADM/472/2024/51 (25 ޖޫން 2024) ގެ އަންދާސީ ހިސާބު ހުށަހެޅުމަށް ޢިއުލާން ކުރެވިފައިވާ ތާރީޚް 14 ޖުލައި 2024 ވާ އާދިއްތަ ދުވަހު 11:00 އަށް ވަނީ ބަދަލުކުރެވިފައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ، އުމަރު ޒާހިރު ބިލްޑިންގ (ލޮޓް ނަމްބަރު 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ) ގެ 3 ވަނަ ފަންގިފިލާއަށް ވަޑައިގެންނެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ނުވަތަ މައުލޫމާތު ޝީޓް ބޭނުންފުޅުވާނަމަ، މެއިލް މެދުވެރިކޮށް [email protected] އަށް ފޮނުވުން އެދެމެވެ.

އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

30 ޖޫން 2024