ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2024/34 |
ތާރީޚް |
24 ޛުލްޙިއްޖާ 1445 |
|
30 ޖޫން 2024 |
ގަބުރުސްތާން ސާފުކޮށް ބެލެހެއްޓުން
މިރަށު ގަބުރުސްތާނު ( ބެލެނިވެރިންގެ ހިޔާއިން ފެށިގެން ލައިބްރަރީ އާ ހަމަޔަށް ) އިޖުތިމާޢީ ސަރަޙައްދެއްގެ ގޮތުގައި ސާފްކޮށް ބަލަހައްޓާދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، ގަބުރުސްތާން ސާފުކޮށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 09 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އައިޑީކާޑުގެ ކޮޕީއަކާއެކު މިއިދާރާއަށް ސިޓީ ފޮނުވުން އެދެމެވެ.
ސަހަރާ ސާފުކޮށް ބެލެހެއްޓުން ހަވާލުކުރުމުގައި ތިރީގައިމިދަންނަވާ ކަންކަމަށް ބެލިގެންދާނެ ކަމުގައި ދަންނަވަމެވެ.
- ހުސްވާ ބިން ތަކާއި އަލަށް އިތުރުކުރާ ބިންތައް ހަވާލުކުރުމުގައި އަލަށް ކުރިމަތިލާ ފަރާތްތަކަށް އިސްކަން ދިނުން.
- މިހާރު އިޖުތިމާޢީ ބިންތައް ބަލަހައްޓާ ފަރާތެއް ކުރިމަތި ލައިފިނަމަ އެމީހާ ބަލަހައްޓަމުންގެންދާ ބިން/ބިންތައް ސާފުކޮށް ބެލެހެއްޓުމުގައި ފާއިތުވި ތަނުގައި ކަންހިގާފައިވާގޮތަށް ބެލުން
- ފިރިހެނުންނަށް އިސްކަން ދިނުން
އަގު
ގަބުރުސްތާން ސާފުކޮށް ބެލެހެއްޓުމުގެ އަގަކީ މަހަކަށް 2500.00 ( ދެހާސް ފަސްސަތޭކަ ) ރުފިޔާ އެވެ.
ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ހަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް