ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)278/278/2024/24
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 13:02
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލަށް ދައްކާ ފައިސާ ބޭންކް ޓްރާންސްފަރ ކުރެއްވުމުގައި ޢަމަލު ކުރައްވާނެގޮތާ ގުޅޭ

             މިކައުންސިލަށް ދައްކާ ފައިސާގެ ބޭންކް ޓްރާންސްފަރ ސްލިޕް ފޮނުވަމުންއަންނަ ވައިބަރ އެޕްލިކޭޝަން ޓެލެގްރާމަށް ބަދަލުކުރެވިފައިވާތީ، 2024 ޖުލައި 1 ވަނަ ދުވަހުން ފެށިގެން މި ކައުންސިލަށް ދައްކާ ފައިސާގެ ބޭންކް ޓްރާންސްފަރ ސްލިޕް ބަލައިގަތުމަށް ހަމަޖެހިފައިވަނީ  ޓެލެގްރާމް މެދުވެރިކޮށް 7540049  މި ނަންބަރަށެވެ. ބޭންކް ޓްރާންސްފަރ ކުރައްވާއިރު ފުރިހަމަ ކުރައްވަން ޖެހޭ ކަންކަން ތިރީގައި މިދަންނަވަނީއެވެ. އަދި ތިރީގައި ބަޔާންކޮށްފައިވާގޮތް ނޫންގޮތަކަށް ފޮނުވާ ބޭންކް ޓްރާންސްފަރ ސްލިޕްގެ ޒިންމާ ކައުންސިލްގެ އިދާރާއިން ނުނަގާނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވެމެވެ.

 ބޭންކް ޓްރާންސްފަރ ކުރައްވާއިރު ފުރިހަމަ ކުރައްވަންޖެހޭކަންކަން 

  • ބޭންކް ޓްރާންސްފަރ ކުރައްވާ ފަރާތްތަކުން އިދާރާގެ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރެއްވުން.     

     ( އެކައުންޓް ނަންބަރ: 7724700366001  އެކައުންޓް ނަން: 1 1317REVENUE 

  • ބޭންކް ޓްރާންސްފަރ ކުރައްވާއިރު ޓްރާންސްފަރ ސްލިޕްގެ ރިމާރކްސްގައި ދައްކަވަނީ ކޮން ފީ އެއްކަމާއި، ފީ ދައްކަވަނީ ކޮންފަރާތަކުން ނުވަތަ ކޮންގެއަކުންކަން ލިޔުއްވުމާއި، މަހުން މަހަށް ދައްކަވާ ފީތަށް ދައްކަވަނީ ކޮން މަހަކަށް ނުވަތަ މަސްތަކަކަށް ކަން އިނގޭހެން ލިޔުއްވުން. 
  • ޓްރާންސްފަރ ސްލިޕް ކައުންސިލްގެ (ޓެލެގްރާމް ނަންބަރު: 7540049) އަށް ފޮނުވައި އިދާރާއަށް ލިބުނުކަން ކަށަވަރުކުރުން. 

           ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ޖޫން 2024