ދިވެހިރާއްޖެ
މަޤާމް :ކޮންސަލްޓަންޓް (ލީގަލް އޮފިސަރ) | |
---|---|
ބޭނުންވާ އަދަދު :1 | |
މަޤާމު: ކޮންސަލްޓަންޓް (ލީގަލް އޮފިސަރ) އަސާސީ މުސާރަ: -/15،000 ރުފިޔާ ޝަރުތު: - ޝަރީޢާ އެންޑް ލޯ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 09 ގެ ސަނަދެއް ހާޞިލުކޮށްފައިވުން، ނުވަތަ - ޝަރީޢާ އެންޑް ލޯ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 07 ގެ ސަނަދެއް ހާޞިލުކޮށްފައިވުމާއިއެކު ދާއިރާއިން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ - ޝަރީޢާ އެންޑް ލޯ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05 ގެ ސަނަދެއް ހާޞިލުކޮށްފައިވުމާއިއެކު ދާއިރާއިން 04 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: - ޝަރުއީ އަދި ޤާނޫނީ ކަންކަމުގައި އެގްޒެކެޓިވް މެނޭޖްމަންޓްއަށް ލަފާ އެރުވުމަށާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް އެކިފަރާތްތަކުން އުފުލާ ދައުވާތަކަށް ރައްދު ދިނުން، - ފުލުހުންގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދުތައް ރިވައިޒް ކުރުމަށް އަދި މިމުޢައްސަސާގެ ގަވަނަންސް ނިޒާމު ހަރުދަނާ ކުރުމަށްޓަކައި އުޞޫލުތައް ތައްޔާރުކުރުމުގައި ލީގަލް ޑިޕަރޓްމަންޓަށް ބޭނުންވާ ޤާނޫނީ ކޮންސަލްޓެންސީ ފޯރުކޮށްދިނުން، - ފުލުހުންގެ ދައުރު ހަރުދަނާ ކުރުމަށް ހެދިފައިވާ ޤަވާއިދުތަށް ޤާނޫނީ ހަމަތަކަށް ފެތޭތޯ ބެލުމަށާއި، ތައްޔާރު ކުރެވޭ ޤަވާއިދުތަކާއި، އުސޫލުތަކާއި އަދި އެކިއެކި އެގްރީމަންޓް ނުވަތަ އެމް.އޯ.ޔޫ ފަތަ ލިޔުންތަށް ޤާނޫނީ ހަމައަށް ފެއްތުން، - ތަޙްޤީޤު ކުރުމުގެ ސިޔާސަތަށް ގެނެވޭ ބަދަލުތަކާއި ގުޅިގެން ތަޙްޤީޤު ކުރުމުގައި ގެންނަންޖެހޭ އިސްލާހުތަށް ގެނައުމުގެ މަސައްކަތްތަށް ކުރުމަށާއި އެކަމުގެ މަޢުލޫމަތު ތަޙްޤީޤު ކުރާ ފަރާތްތަކަށް ފޯރުކޮށްދިނުން، - ޖިނާޢީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ޤާނޫނުތަކުގެ ތެރެއިން ޒަމާނާއި ނުގުޅޭ ގާނޫނުތައް އިސްލާޙުކުރުމަށް އެޓަރނީޖެނެރަލްގެ އޮފީހަށް ހުށައެޅުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަށް ކުރުން، - ދިވެހިރާއްޖެ ސޮއިކުރާ، މުއާޙަދާތަކުގެ ތެރެއިން މި ޙިދުމަތުގެ މަޝްވަރާ ހޯދުމަށް ސަރުކާރުން ފޮނުވާ ޑްރާފްޓް މުއާޙަދާތަކަށް އުނި-އިތުރު ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް އެފަރާތްތަކަށް އެންގުމުގެ މަސައްކަތްތައް ކުރުން، މުއްދަތު: 01 އަހަރު (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރުކުރާގޮތަށް)
ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: މާލެ ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: ރަސްމީ ޑީއުޓީ / ދަންފަޅި ޑިއުޓީ ހުށަހަޅަންޖެހޭ ލިޔުންތައް: - ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް، - ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ، - ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)، - ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ، - ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (1 ފޮޓޯ ފޯމުގައި ތަތްކޮށްފައި)، - ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން، - ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން. ސުންގަޑި: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2024 ޖުލައި 18 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ. ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ. 24 ޛުލްޙިއްޖާ 1445 |