ވަޒީފާގެ ފުރުޞަތު
ނަންބަރު: 237-A2/2015/33
ޕަބްލިޝްކުރި ތާރީޚް: 17 މޭ 2015
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި: 28 މޭ 2015 11:00
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮޗަރު

އިޢުލާން

ފ. އަތޮޅު ޒުވާނުންގެ މަރުކަޒަށް، ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

ވޮޗަރު

މަޤާމުގެ ރޭންކް:

އެސް. އެސް.1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1 

މުސާރަ:

3,100.00 ރުފިޔާ

ސަރވިސް އެލަވަންސް:

1,000.00 ރުފިޔާ

ބޭނުންވާ އަދަދު:

2 (ދޭއް)

މަސައްކަތް ކުރަންޖެހޭ ތަނާއި ޔުނިޓް:

ފ. އަތޮޅު ޒުވާނުންގެ މަރުކަޒު

ތަޢުލީމާއި ތަޖުރިބާ:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޒުވާނުން މަރުކަޒުގެ އިމާރާތާއި، އިމާރާތުގައިވާ މުދަލާއި ގޯތިތެރެއާއި ގޯތި ވަށައިގެންވާ މަގުތައް ކަނޑައެޅިފައިވާ އުޞޫލެއްގެމަތިން ރަސްމީ ދުވަސްތަކުގައި ރޭގަނޑު 11.00 އިން ފެށިގެން އަނެއްދުވަހު މެންދުރުފަހު 3.00 އަށް އަދި ބަންދު ދުވަސްތަކުގައި 24 ގަޑިއިރު ބެލެހެއްޓުން.
  2. ޒުވާނުން މަރުކަޒަށް ޚިދުމަތް ހޯދުމަށް އަންނަ މީހުން ފިޔަވައި އެހެން މީހުން، ކަމާބެހޭ ވެރިއެއްގެ ހުއްދައެއްނެތި އެތަނަށް ނުވެއްދުން.
  3. އިމާރާތާއި ގޯތިތެރޭގައިވާ ދިއްލުންތައް، ހަމަޖެހިފައި އޮންނަ އުސޫލުން ދިއްލައި ނިއްވުން.
  4. ވޮޗަރުންގެ ބެލުމުގެ ދަށުގައިވާ ތަންތަން ހުޅުވައި ލެއްޕުން.
  5. ތަނުގައި ދިމާވާ މައްސަލަތައް، ކަމާބެހޭ ވެރިންނަށް ގަވާއިދުން ރިޕޯޓްކުރުން.
  6. އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުން.
  7. ސަލާމްބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު.
  2. މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.
  4. ގިނަވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން.
  5. އިންޓަވިއުއިން އެންމެމަތީ މާކްސްހޯދާ ފަރާތް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2015 މޭ 28 ވަނަ ދުވަހުގެ 11.00 ގެ ކުރިން، 'ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް' ފުރިހަމަކުރުމަށްފަހު މި އިދާރާއަށް ހުށަހެޅުން.

އިންޓަވިއުއާއި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2015 ޖޫން 1 އާއި 4 އާ ދެމެދު، ފ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

 

އުޖޫރައާއި އިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސް ފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، ދަތުރު އެލަވަންސް

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމް (މި ފޯމުތައް، ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (www.faaf.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.
  6. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ، އެ ވަޒީފާއަށް ބަދަލުވުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީލިއުން.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

 

އެހެނިހެން ކަންތައްތައް:

  • މި މަޤާމަށް ކުރިމަތިލާ މީހުންނަކީ އުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އޮފީހުގެ 6740017 ނަންބަރު ފޯނަށް ނުވަތަ  6740018 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6740019 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

28 ރަޖަބު 1436

17 މޭ 2015