ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، "ނޫސްވެރިކަމުގެ އިނާމު 2023" އަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން:
މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމު 2023 އަށް ނަން ހުށަހެޅުއްވުމަށް ކުރެވުނު ނަންބަރު: (IUL)219-CS/1/2024/12)09 ޖޫން 2024( އިއުލާނުގެ މުއްދަތު 10 ޖުލައި 2024ވާ ބުދަ ދުވަހުގެ 13:00 އަށް ވަނީ އިތުރު ކުރެވިފައިއެވެ. އިނާމަކަށް ކުރިމަތިލާނީ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ތައްޔާރުކޮށް މި އިޢުލާނާއެކު އާންމުކޮށްފައިވާ ގޫގަލް ފޯމް https://bit.ly/3Ve0Ef6 މެދުވެރިކޮށެވެ
ވީމާ، މިކަން އާއްމުކޮށް އިއުލާންކުރީމެވެ.
24 ذُوالْحِجَّة 1445
30 ޖޫން 2024