ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
|||
މަޤާމް |
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ރޭންކް: އެމް. އެސް. 1 |
|
ބޭނުންވާ އަދަދު |
1 (އެކެއް) |
||
މަސައްކަތް ކުރަންޖެހޭ ތަން |
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން |
||
އަސާސީ މުސާރަ |
މަހަކު -/5،610 ރުފިޔާ |
||
އެލަވަންސް |
- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %50 - ސަރވިސް އެލަވަންސް: -/2،000 ރުފިޔާ - ލިވިންގ އެލަވަންސް: -/3،000 ރުފިޔާ - ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ |
||
މަޤާމުގެ އަސާސީ ޝަރުޠު
|
1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ؛ 2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS 4 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
||
މަޤާމުގެ މައިގަނޑު މަސައްކަތްތައް |
1. ޝަރުޢީ ދާއިރާގެ ކޯޓްތަކާއި އިދާރާތަކުގެ ވަޒީފާގެ އޮނިގަނޑުގައި ހިމެނޭ މަޤާމްތައް އުފެއްދުމާއި، ބަދަލުގެނައުމާއި، އުވާލަންޖެހޭ މަޤާމްތައް އުވާލުމާއި، ވަޒީފާ ދިނުމާއި، ވަޒީފާއަށް ބަދަލުގެނައުމާއި، ވަޒީފާއިން ވަކިކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 2. ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ތެރެއިން ވަޒީފާއިން މުސްކުޅިކުރަންޖެހޭ މުވައްޒަފުން މުސްކުޅިކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން. 3. ޑިޕާޓްމަންޓުން މުސާރަދޭ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް މަހުން މަހަށް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއަށް ޕޯސްޓްކުރުމަށް ބަޖެޓް ސެކްޝަނަށް ފޮނުވުން. 4. ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ރެޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން. 5. ޝަރުޢީ ދާއިރާގެ ކޯޓުތަކާއި، އިދާރާތަކުގެ އޮނިގަނޑަށާއި، ވަޒީފާތަކުގެ އޮނިގަނޑަށް އަންނަ ބަދަލުތައް އެނގޭނެގޮތަށް އަޕްޑޭޓްކޮށް ބެލެހެއްޓުން. 6. ފަނޑިޔާރުންގެ ވަޒީފާއާބެހޭ މަޢުލޫމާތު މެމްސްއަށް އަޅައި، އަޕްޑޭޓްކޮށް ބެލެހެއްޓުން. 7. އަހަރު ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން. 8. މުވައްޒަފުންނާ ގުޅޭގޮތުން ހަދަންޖެހޭ އެކިއެކި ރިޕޯޓް ހެދުން. 9. ވަޒީފާ ކޮމިޓީގެ ޔައުމިއްޔާ ލިޔުން. |
||
ހުށަހަޅަންޖެހޭ ތަކެތި
|
1- ޝަރުޢީދާއިރާގެ ވަޒީފާއަށް އެދޭ ފޯމް (މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމް، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓުން (www.judiciary.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.) 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 6- އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، އަދާކުރި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) |
||
ސުންގަޑި |
2015 މޭ 24 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން އެދެމެވެ. |
||
މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް |
ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ސިއްޙީ ޙާލަތެއްގައިހުރި ފަރާތަކަށްވުން. |
||
އިތުރު މަޢުލޫމާތު |
|
||
25 ރަޖަބު 1436 |