ދިވެހިރާއްޖެ
އިޢުލާން
ވޯލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ހޯދާފައިވާ ޚިދުމަތްތަކަށް ފައިސާ ދިނުން
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ހޯދާފައިވާ ޚިދުމަތްތަކަށް ފައިސާ ދިނުމާއި ގުޅިގެން ކޮށްފައިވާ މި އެސޯސިއޭޝަނުގެ ނަމްބަރު (IUL)NSA-VAM/NSA-VAM/2024/30 (20 މެއި 2024) އިޢުލާނާ ގުޅޭގޮތުން ދަންނަވަމެވެ.
ޙަވާލާދީފައިވާ ޢިޢުލާނުގައި މި އެސޯސިއޭޝަނުގެ ފަރާތުން ހޯދާފައިވާ ޚިދުމަތްތަކަށް ފައިސާ ލިބިފައިނުވާ ފަރާތްތަކުން، ގުޅުންހުރި ލިއުންތައް، 2024 މެއި 27 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މި އެސޯސިއޭޝަނުގެ އޮފީހަށް ހުށަހެޅުއްވުން ދަންނަވާފައިވާނެއެވެ. އެހެންކަމުން، އެފަދަ ފަރާތެއް ހުރިތޯ އަނެއްކާވެސް ބެލުމަށް ބޭނުންވާތީ، މި އެސޯސިއޭޝަނުގެ ފަރާތުން ހޯދާފައިވާ ޚިދުމަތްތަކަށް ފައިސާ ލިބިފައިނުވާ ފަރާތްތަކުން، ތިރީގައި ބަޔާންކުރެވިފައިވާ ލިއުންތައް، 2024 ޖުލައި 11 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މި އެސޯސިއޭޝަނުގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގެ ފަހުން ހުށަހަޅުއްވާ ލިއުންތައް ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަދި އީ-މެއިލްގެ ޒަރީއާއިން ފޮނުއްވާ ލިއުންތައްވެސް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
1- ޚިދުމަތް ހޯދުމަށް، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ފޮނުވާފައިވާ ރިކްއެސްޓްގެ ކޮޕީއެއް
2- ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހޯދި ޚިދުމަތަށް ފައިސާ ހޯދުމަށް ފޮނުވާފައިވާ ބިލްގެ ކޮޕީއެއް
3- ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހޯދި ޚިދުމަތަށް ފައިސާ ހޯދުމަށް ފޮނުވާފައިވާ ބިލް އެސޯސިއޭޝަނަށް ބަލައިގަތް ލިޔުމުގެ ކޮޕީ ނުވަތަ ފައިސާ ހޯދުމަށް ފޮނުވާފައިވާ ބިލް އެސޯސިއޭޝަނަށް ފޮނުވި އީ-މެއިލްގެ ކޮޕީ
މި އިޢުލާނާ ގުޅިގެން މި އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ފޮނުއްވާ ލިއުންތަކުގެ ސައްޙަކަން މި އެސޯސިއޭޝަނުން ކަށަވަރު ކުރަންޖެހޭތީ، މަތީގައި ދެންނެވިފައިވާ ލިއުންތަކުގެ ތެރެއިން ނަމްބަރު 2 އަދި ނަމްބަރު 3 ގައި ބަޔާންކޮށްފައިވާ ލިއުންތައް ފޮނުއްވާއިރު، އެ ލިއުންތަކުގެ ކޮޕީގައި، އެ ލިއުމަކީ އަސްލާ އެއްގޮތް ކޮޕީއެއްކަން ބަޔާންކޮށް، ޤާނޫނީ ވަކީލެއްގެ ނަމާއި ސޮއި އަދި ތާރީޚް ލިޔެފައި އޮންނަންވާނެއެވެ. މިނޫން ގޮތަކަށް ހުންނަ ލިއުންތައް ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަދި އެ ޚިދުމަތެއް ހޯދުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ފޮނުވާފައިވާ ރިކްއެސްޓްގެ ކޮޕީނެތި ހުށަހަޅުއްވާ ލިއުންތައްވެސް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.