ވަޒީފާގެ ފުރުޞަތު
ނަންބަރު: GS66/IUL/2015/21
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2015
ޕަބްލިޝްކުރި ގަޑި: 08:23
ސުންގަޑި: 31 މޭ 2015 14:00
ތޮއްޑޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް

ޖީ. އެސް. 3

މަޤާމުގެ ރޭންކް

އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން

1 (އެކެއް)

ބޭނުންވާ އަދަދު

 ތޮއްޑޫ ސްކޫލް، ފައިނޭންސް ސެކްޝަން

އޮފީހާއި ސެކްޝަން

އއ. ތޮއްޑޫ

ވަޒީފާ އަދާކުރަންޖެހޭ ރަށް

މަހަކު -/4،465 ރުފިޔާ

މުސާރަ

މަހަކު -/1،500 ރުފިޔާ

ސަރވިސް އެލަވަންސް

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން  'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠު

 

1. ސްކޫލުގެ މުދަލާއި ފައިސާއާބެހޭ މަސައްކަތްތައް ބެލެހެއްޓުން.

2. ތިޖޫރީ ބެލެހެއްޓުމާއި، ތިޖޫރީ ރިޕޯޓްތައް ތައްޔާރުކުރުން.

3. ސްކޫލުގެ ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުން.

4. ސްކޫލުގެ ސްޓޮކް ބެލެހެއްޓުން.

5. ބޭންކުން ފައިސާ ގެނައުމާއި، ފައިސާ ޖަމާކުރުމުގެ މަސައްކަތްކުރުން.

6. ސްކޫލަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރެވޭ ދަތުރުފަތުރު ކުރުން.

7. ސްކޫލަށް ފައިސާ ބަލައިގަތުމާއި، ހިސާބުތައް ބެލެހެއްޓުން.

8. ސްކޫލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތްތަކުގެ ދާއިރާއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ

މަސްއޫލިއްޔަތު

1. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި، ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް - 01 އޭޕްރީލް 2013 ގައިވާ ކަންކަމަށް ބެލެވޭނެއެވެ.

2. މަޤާމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

3. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަ މީހެއްކަމުގައިވުން.

4. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

* އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ސަރުކާރުގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސައިދެވޭނެއެވެ.

އުޖޫރައާއި

ޢިނާޔަތްތައް

1. ވަޒީފާއަށް އެދޭ ފޯމް

2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް، ތައްގަނޑު ޖަހާފައިވާ އަޞްލު)

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

5. ވަޒީފާގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ތަޖުރިބާ ބަޔާންކޮށްދޭ ލިޔުންތައް (ވަޒީފާ އަދާކުރި ތަންތަނުގެ ލިޔުންތައް)

6. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ހުށަހަޅަންޖެހޭ ލިޔުންތައް

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު (މި ފޯމް، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސްކޫލުގެ އޮފީހުންވެސް ފޯމު ލިބެން ހުންނާނެއެވެ.) ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 މޭ 31 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

ސުންގަޑި

މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއުއާއި ޕްރެކްޓިކަލް ޓެސްޓް، 2015 ޖޫންމަހުގެ ތެރޭގައި މި ސްކޫލުގައި އޮންނާނެއެވެ.

އިންޓަވިއު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ 6660819 ނަންބަރު ފޯނަށެވެ.

އިތުރު މަޢުލޫމާތު

29 ރަޖަބު 1436

18 މޭ 2015