ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2024/73
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 22:26
ސުންގަޑި: 04 ޖުލައި 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކޮޅު އަވަށު ދިމާފަޅުގައި ހުރި އީކޯ ޕާކްތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާއި ގުޅޭ

ކެނދިކޮޅު އަވަށު ދިމާފަޅުގައި ހުރި އީކޯ ޕާކްތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް 16 މެއި 2024  ގައި ކޮށްފައިވާ އިޢުލާނު ނަންބަރު: (IUL)286-MP/286/2024/17 އާއި 3 ޖޫން 2024 ގައި ކޮށްފައިވާ އިޢުލާނު ނަންބަރު: (IUL)286-MP/286/2024/65 އާއި ޙަވާލާދީ ދަންނަވަމެވެ.

ޙަވާލާދެވިފައިވާ ޕްރޮޖެކްޓުގެ ޓެކްނިކަލް ސްޕެސިފިކޭޝަނަށް ގެނެވުނު އިތުރު ބަދަލުތަކާ ގުޅިގެން 16 މެއި 2024 ގައި ކޮށްފައިވާ އިޢުލާނަށް ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތު ވަނީ އިތުރު ކުރެވިފައެވެ. ބީލަން ހުށަހެޅުމަށް 3 ޖޫން 2024 ގައި ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާނީ 30 ޖޫން 2024 ވާ އާދީއްތަ ދުވަހު 13:00 ކަމުގައި ވީނަމަވެސް، މިއިޢުލާނާ ގުޅިގެން ބީލަން ކެނޑުމަށް ހަމަޖެހިފައިވަނީ 4 ޖުލައި 2024 ވާ ބުރާސްފަތި ދުވަހެވެ.

 

މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވެ މަޢުލޫމާތު ސެޝަންގައި ބައިވެރިވެފައިވާ ފަރާތްތަކަށެވެ.

ބީލަން ހުޅުވުން: (4 ޖުލައި 2024، ވާ ބުރާސްފަތި ދުވަހު 13:00 ގައި)

ތަން: ކެނދި މާލަމް، ކެނދިކުޅުދޫ ކައުންސިލުގެ އިދާރާ

 

ބީލަމުގައި ރަޖިސްޓްރީކޮށް މަޢުލޫމާތު ސެޝަންއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން، ބީލަން ހުށަހެޅުމަށް އަލަށް ތާވަލު ކުރެވިފައިވާ ތާރީޙާއި ގަޑިއަށް ސަމާލުވުމަށް ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

22  ޛުލްޙިއްޖާ   1445

28   ޖޫން    2024  

28 ޖޫން 2024