މުބާރާތް
ނަންބަރު: (IUL)419-CAA/419/2024/79
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 20:47
ސުންގަޑި: 31 ޖުލައި 2024 14:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ގައްދޫ ފުޓްސަލް ޗެލެންޖް 2024"

"ގައްދޫ ފުޓްސަލް ޗެލެންޖް 2024" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ފާއިތުވި އަހަރުތަކާއި އެއްގޮތަށް މިއަހަރުވެސް ގައްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް "ގައްދޫ ފުޓްސަލް ޗެލެންޖް 2024"، 25 އޮކްޓޯބަރ 2024 ގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތަކީ މިކައުންސިލުން ވިދިވިދިގެން ކުރިއަށްގެންދާ ތިންވަނަ ފުޓްސަލް މުބާރާތްކަމުން، މިމުބާރާތް މިހާތަނަށް ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފައިސާގެ އިނާމްތައް ހުށަހެޅިފައިވާ މުބާރާތަކަށް ހެދުމަށް ކައުންސިލުން ނިންމާފައިވެއެވެ. މިގޮތުން މިމުބާރާތުގައި، ޤައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި މިހާތަނަށް ދިވެހިރާއްޖޭގައި ބާއްވާ ފާހަގަ ކޮށްލެވޭނެފަދަ ފެންވަރު ރަނގަޅު، ތަރުތީބުކޮށް އިންތިޒާމްކުރެވިފައިވާ ފުރިހަމަ މުބާރާތަކަށް ހެދުމަކީ ކައުންސިލްގެ އަމާޒެކެވެ. 

އަދި ކުރީގެ އަހަރުތަކާއި ޚިލާފަށް، ތިން ޑިވިޝަން ކުރިއަށްގެންދިޔުމުގައި ގަވާއިދުތައް އެކުލަވާލާފައިވާ ގޮތުން  މިމުބާރާތް ވެގެންދާނީ، މުޅި ދިވެހިރާއްޖެއާއި ހުވަދުއަތޮޅުން ފުޓްސަލްގެ ހުނަރުވެރި ތަރިންތައް ގައްދޫގެ ފަސްގަނޑުގައި ފިސާރި މޮޅު ކުޅުމެއް ދައްކާނެ ކުޅިވަރުގެ އެއްބައިވަންތަ  ޢީދެއް ގެނެސްދޭނެ މުބާރާތަކަށެވެ. އަދި ދިވެހިރާއްޖޭގައި ފުޓްސަލްގެ ކުޅިވަރު ތަރައްޤީކޮށް ހުނަރުވެރި ފުޓްސަލްގެ އާޖީލެއް އުފައްދައި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމާއި ވަކިން ޚާއްޞަކޮށް ދުރާއި ކައިރި ރަށްރަށުގެ ރައްޔިތުންނަށް ގައްދޫގެ ރައްޔިތުން ތަޢާރަފުވެ، އެކުވެރިކަން ޢާލާކޮށް ގުޅުންތައް ބަދަހިވެގެންދިޔުން މިމުބާރާތުން ޙާޞިލްވެގެންދާނެކަން ކަށަވަރެވެ. މިއަހަރުގެ މުބާރާތަކީ ކުރީ އަހަރުގެ މުބާރާތާއި ތަފާތު މުބާރާތަކަށް ވާނެއެވެ.

އެގޮތުން މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިރިހެން، އަންހެން އަދި ޖޫނިއަރ ޑިވިޝަން ހިމެނޭ ގޮތަށެވެ. ފިރިހެން ޑިވިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 18 އަހަރުން މަތީގެ ހުރިހާ އުމުރުފުރައަކަށް ހުޅުވާލެވިގެންނެވެ. އަންހެން ޑިވިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 13 އަހަރުން މަތީގެ ހުރިހާ އުމުރުފުރައަކަށް ހުޅުވާލެވިގެންނެވެ. އަދި ޖޫނިއަރ ޑިވިޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 13 އަހަރާއި 17 އަހަރާއި ދެމެދުގެ އުމުރުފުރާއަށް ހުޅުވާލެވިގެންނެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން 2024 ޖުލައި 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ޤަވާއިދާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގައި ބައިވެރިވާ ޓީމް ތަކުން ހުށަހަޅަންޖެހޭ ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިޢުލާނާއެކު ޢާއްމުކުރި ވާހަކަވެސް ދެންނެވީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވިދާނެ ކަމުގައިވެސް ދެންނެވީމެވެ. މިމުބާރާތް އަދި މުބާރާތުގެ ޤަވާއިދާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް 7601051/9111005 އަށް ގުޅުއްވުމަށްވެސް ދެންނެވީމެވެ.  

28  ޖޫން  2024

28 ޖޫން 2024