ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)294-D/294/2024/43
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 20:45
ސުންގަޑި: 22 ޖުލައި 2024 13:15
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިޒައިން އެންޑް ބިލްޑް ޢުސޫލުން ނ. މަނަދޫގައި ސްކޭޓިން ޕާކެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުން

ޑިޒައިންއެންޑް ބިލްޑް ޢުސޫލުން ނ.މަނަދޫގައި ސްކޭޓިން ޕާކެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުން

ޑިޒައިންއެންޑް ބިލްޑް ޢުސޫލުން ނ.މަނަދޫގައި ސްކޭޓިން ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.  ވީމާ ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ކުރައްވާ ކަނޑައެޅިފައިވާ ސުންގަޑިއަށް މި އިދާރާއަށް އަންދާސީ ޙިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

 

ތާރީޚް

ދުވަސް

ގަޑި

ތަން

ރަޖިސްޓްރީ ކުރުން

27 ޖޫން 2024 އިން 04 ޖުލައި 2024

 

08:00 އިން 13:00 އަށް

އީމެއިލް : [email protected]

ފޯން: 6560029

ބިޑް ހުށަހެޅުން

22 ޖުލައި 2024

ހޯމަ

13:15

ނ.މަނަދޫ ކައުންސިލް އިދާރާ

 

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ، (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ) ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަންބަޔާންކޮށް ސިޓީއެއް އަންދާސީ ހިސާބު ހުށައަޅުއްވަން ވަޑައިގަންނަވާއިރު ގެންނަވަން ވާނެއެވެ. ބިޑުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު އަދި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

                              1445 L 21

 27 ޖޫން             2024

27 ޖޫން 2024