ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2024/68
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 16:42
ސުންގަޑި:
02 ޖުލައި 2024 23:59
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2024 ޖުލައި 02 ވަނަ ދުވަހު ޅ.މާފިލާފުށީގައި އެމް.އެން.ޑީ.އެފް އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނާއިގުޅޭ
އިޢުލާން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނެއް 2024 ޖުލައި 02 ވަނަ ދުވަހުގެ 18:00 އިން 23:59 އަށް ޅ.މާފިލާފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ވަޒަން އަދި ފްލެއަރސް ދަތުރުކުރާނީ ޅ.މާފިލާފުށި އިރު ދެކުނު ސަރަޙައްދު 5300 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން/ ފްލެއަރސް ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރެވެ.
ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
27 ޖޫން 2024