ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)196-HR/1/2024/31
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 04 ޖުލައި 2024 12:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ވިކްޓިމް ސަޕޯޓް އޮފިސަރ

މަޤާމް: ވިކްޓިމް ސަޕޯޓް އޮފިސަރ

ބޭނުންވާ ޢަދަދު: 01 (އެކެއް)

މުސާރަ: -/22,000 ރުފިޔާ

މުއްދަތު: 1 (އެކެއް) އަހަރު

މަސައްކަތް ކުރަންޖެހޭ ތަން:ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް / މާލެ

ފެންވަރު ނުވަތަ ޝަރުޠު: 

  1. ސޯޝަލް ސައިންސްގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގެ މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. ސޯޝަލް ސައިންސްގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގެ މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސައްކަތް

  1. ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާއި، އިންސާފު އަދި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައްކުރުމާއި ދޭންޖެހޭ ޚިދުމަތްތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުން.
  2. ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ އަނިޔާ ލިބިފައިވާ ފަރާތްތަކާ ގުޅޭގޮތުން ޕްރޮސިކިއުޝަނަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުމާއި، އަނިޔާލިބިފައިވާ ފަރާތްތައް ހެކިންގެ ގޮތުގައި ބޭނުންކުރަންޖެހޭ ހިނދެއްގައި އެމީހުން ޝަރީޢަތަށް ތައްޔާރުކޮށްދިނުމުގައި ޕްރޮސިކިއުޝަނަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.
  3. ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި އަނިޔާ ލިބިފައިވާ ފަރާތްތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައްކުރުމާއި، އެފަރާތްތަކުގެ މައްސަލަ ކުރިއަށްދާގޮތުގެ މަޢުލޫމާތު ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުން.
  4. ޕީ.ޖީ އޮފީހާއި ވިކްޓިމް/ވިޓްނެސް އާ ދެމެދު ބޭއްވާ ބައްދަލުވުންތަކާއި ކޯޓް އަޑުއެހުމުގެ ކުރިންނާޢި ކޯޓު އަޑުއެހުމުގެ ފަހުން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުން.
  5. ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓްގެ އިޖްރާޢަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހެކިންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުން.
  1. ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި އަނިޔާ ލިބިފައިވާ ފަރާތްތަކާއި ގުޅިގެން އެހެނިހެން މުއައްސަސާތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައްކުރުން.
  2. ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓްގެ މަސައްކަތާ ގުޅުންހުރި އެހެން މުއައްސަސާތަކަށް ހުށަހަޅަންޖެހޭ މައްސަލަތައް ސުޕަވައިޒަރުގެ އިރުޝާދާއެއްގޮތަށް މުއައްސަސާތަކަށް ރިފަރކޮށް، ހުށަހެޅޭ މައްސަލަތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ބާއްވައި، އެބައްދަލުވުންތަކުގެ ރެކޯޑިންގ ބެލެހެއްޓުން.
  3. މިއޮފީހުން ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގައި ހިމެނޭ، މައްސަލަތަކުގައި އަނޔާލިބޭ ކުދިންނާ ގުޅިގެން ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓްގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.
  4. ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓަށް ރިޕޯޓުކުރާ މައްސަލަތަކުގެ ތަފާސް ހިސާބު އެއްކޮށް ބެލެހެއްޓުމުގެ މަސައްކަތް ރާވާ ހިންގުން.
  5. ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓްގެ މަސައްކަތް ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެހީތެރިވެދިނުން.
  6. ޑިއުޓީ ޕްރޮސިކިއުޝަންއަށް ޗާޖް ކުރުމަށް ނުވަތަ މަޝްވަރާ ކުރުމަށް ގެނެވޭ މައްސަލަތަކުގައި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން.
  7. މަޢުލޫމާތު ފޯރުކޮށްދިނުމާއި ހޭލުންތެރިކުރުވުން ( ކޯޓުތަކުގައި ގެންގުޅޭ ޢުސޫލުތަކާއި، ކޯޓުގެ ނިންމުންތަކާއި ، ވިކްޓިމްގެ ޙައްޤުތަކާއި ޒިންމާތަކާއި، މި އޮފީހުގެ މަސައްކަތްތައް ފަދަ ކަންކަމުގައި މަޢުލޫމާތު ދީ ހޭލުންތެރިކުރުވުން
  8. މިއޮފީހުން ކުރެވޭ މަސައްކަތުގައި ގުޅުން ހުރި އެހެން މުޢައްސަސާ ތަކާޢި އެކު ނުވަތަ ސަރުކާރުގެ އެހެނިހެން މުއައްސަސާތަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތައް އެކުގައި މަސައްކަތް ކުރުން
  9. މި އޮފީހުން ކުރިއަށް ގެންދާ ވިކްޓިމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ކުރަންޖެހޭ މަސައްކަތް ކުރުން.
  10. މި އޮފީހުން ކުރިއަށްގެންދާ ޖުވެނައިލް ރިހެބިލިޓޭޝަންއާ ގުޅޭ މަސައްކަތްތައް ރާވައި ހިންގުމުގައި އެހީތެރިވެދިނުން.
  11. މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 4 ޖުލައި 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://online.pgo.mv/applications/jobs

ނޯޓް:

1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

2- މިމަޤާމަށް ހޮވޭ މުވައްޒަފަކު މިއޮފީހުގެ ގޮފިތަކުގައި މަސައްކަތްކުރުމަށް އަތޮޅުތެރެއަށް ދަތުރުކުރަންޖެހޭނެއެވެ.

3- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 8 އިން 31 ޖުލައި 2024 އާ ދެމެދު މާލޭގައެވެ. 

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

2- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3- ވަނަވަރު

4- ދރއ. ކާޑުގެ ކޮޕީ

5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

                               21 ޛުލްޙިއްޖާ 1445

27 ޖޫން 2024