ކުއްޔަށް ދިނުން
ނަންބަރު: (IUL)420-PM/420/2024/41
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 04 ޖުލައި 2024 10:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ އަތިރިމަތިން ރަފީގީ ހިގުމާއި އިތުބާރުމަގާއި ދެމެދުގައި ހުރި ރުއްތަކާއި ފަސްގަނޑުގައި ހުރި ރުއްތައް ކުއްޔަށް ދޫކުރުމާބެހޭ

 އިޢުލާން

ރަތަފަންދޫ  އަތިރިމަތިން ރަފީގީ ހިގުމާއި އިތުބާރުމަގާއި ދެމެދުގައި ހުރި ރުއްތަކާއި ފަސްގަނޑުގައި ހުރި ރުއްތައް ކުއްޔަށް ދޫކުރުމާބެހޭ

                   ރަތަފަންދޫ ބީޗްރޯޑުމަގުގެ އަތިރިމަތިން ރަފީގީ ހިގުމުން ފެށިގެން އިތުބާރުމަގާއި ހަމައަށް އަދި ފަސްގަނޑުގައި ހުރި ރުއްތަކާ އެކު ނޫދަވާދުން ނަންބަރ 1 އިން 103 އަށް ނަމްބަރޖަހާފައިވާ 103 ރުއް 1 އަހަރު ދުވަހުގެ މުއްދަތައް ކުއްޔައް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.   

ވީމާ ، މިރުއްތައް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން  04 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީ ހިސާބު ރަތަފަންދޫ ކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުން އެދި، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ. އަންދާސީ ހިސާބުގައި ކޮންމެ މީލާދީ މަހަކަށް ރުކަކަށް ދޭނެ އަގު ވަކިން އެގެން އޮންނަން ވާނެއެވެ.

                އިތުރު މަޢޫލޫމާތު ސާފު ކޮށްލުމަށް ރަސްމީ ގަޑީގައި ކައުންސިލްގެ އިދާރާގެ ނަމްބަރ : 6840024 އާއި ގުޅުއްވުމުން ސާފުވެވަޑައި ގަންނަވާނެއެވެ.

 

އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް :

1-      ރަޖިސްޓްރީ ވެގެން ހިނގާ ކުންފުންޏެއްނަމަ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީފީ ދެއްކި ރަސީދު ގެ ކޮޕީ

2-      ކޮމްޕެނީގެ ޕްރޮފައިލް .

3-      އަމިއްލަ ފަރުދެއްނަމަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ގެ ކޮޕީއަކާއި އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

 

ނޯޓް : ރުއްތައް ޙަވާލު ކުރުމުގައި އިސްކަންދޭނީ އެންމެ ރަގަޅު އަގެއް ހުށަހެޅި ފަރާތަކަށެވެ. އެއް ފަރާތަށްވުރެ ގިނަފަރާތުން އެއް އަގެއް ހުށަހަޅާފައި ވާނަމަ އެފަރާތް ތަކުގެ މެދުގައި ގުރުވަތު ލައިގެންނެވެ.                                               

27 ޖޫން 2024