ދިވެހިރާއްޖެ
ކަރަންޓުގެ ދާއިރާގެ ޑިޒައިންތައް ފާސްކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު 2024/G-14 ގެ ދަށުން ރިވިއުކުރުމަށްފަހު ފާސްކުރުމަށް އެދި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ހުށަހަޅާ ކަރަންޓުގެ ދާއިރާގެ ޑިޒައިންތައް ރިވިއުކުރާނެ ފަރާތްތައް ހޯދުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ
މި އޮތޯރިޓީގެ އިޢުލާން ނަންބަރު (IUL)485-TE/1/2024/20އާ ހަވާލީ ދަންނަވަމެވެ.
މި އަހަރުގެ އަޟްޙާ އީދުގެ މުނާސަބަތުގައި ބަންދު ދުވަސް ތަކެއް އައުމާއި، ބައެއް ލިޔެކިއުންތައް ހޯދުމަށް އެކި ފަރާތްތަކުން އިތުރު ވަގުތަށް އެދެމުންދާތީވެ ހަވާލާދީފައިވާ އިއުލާނުގައި ކަރަންޓުގެ ދާއިރާގެ ޑިޒައިންތައް ރިވިއުކުރާނެ ފަރާތްތައް ހޯދުމަށް ކަނޑައަޅާފައިވާ ސުންގަޑި 15 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
އެހެންކަމުން، ކަރަންޓުގެ ދާއިރާގެ ޑިޒައިންތައް ރިވިއުކުރަން ޝަޢުޤުވެރިވާ ފަރާތްތަކުން އީމެއިލްގެ ޒަރިއްޔާއިން މި އޮތޯރިޓީގެ އީމެއިލް [email protected] އަށް އެންމެހައި ލިޔެކިޔުންތަކާއި އެކު އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
.ޝަރުތު:
- ޑިޒައިން ރިވިއުކުރާ ފަރާތަކީ އިލެކްޓްރިކަލް އިންޖިނިއަރިންގ ނުވަތަ އެއާ ގުޅޭ ދާއިރާއަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވާ ފަރާތަކަށްވުން، އަދި
- އޮތޯރިޓީން ދޫކުރާ ކަރަންޓުގެ މަސައްކަތް ކުރުމުގެ ލައިސަންސްގެ ކެޓަގަރީތަކުގެ ތެރެއިން، މުއްދަތު ހަމަނުވާ "އީ" ކެޓަގަރީގެ ނުވަތަ "އެފް" ކެޓަގަރީގެ، ލައިސަންސެއް ހާސިލުކޮށްފައިވާ ފަރާތަކަށްވުން، އަދި
- ކަރަންޓުގެ ނިޒާމުގެ ޑިޒައިންކުރުމުގެ ނުވަތަ ޑިޒައިން ރިވިއުކުރުމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (5 އަހަރު ގުނަން ފަށާނީ މި އޮތޯރިޓީއިން ދޫކުރާ ކަރަންޓުގެ މަސައްކަތް ކުރުމުގެ ލައިސަންސް ލިބޭ ދުވަހުން ފެށިގެން)، އަދި
- ސިޔާސީ މަގާމެއް ފުރުއްވަމުންދާ ފަރާތެއްކަމުގައި ނުވުން
އެކްސްޕްރެޝަން އޮފް އިންޓްރެސްޓާއި އެކު ހުށަހަޅަންޖެހޭ ލިޔުންތައް:
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ އަސްލާއި އެއްގޮތްކަން އަންގައިދޭ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ އަސްލާއި އެއްގޮތްކަން އަންގައިދޭ ކޮޕީ
- އައި.ޑީ. ކާޑުގެ ކޮޕީ
- އޮތޯރިޓީއިން ދޫކޮށްފައިވާ ލައިސަންސްގެ ކޮޕީ
- ހުށަހަޅާ ފަރާތުގެ ވަނަވަރު (ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ އެންޕްލޯއިމަންޓް ހިސްޓްރީ އަދި ތަމްރީނާއި ތަޖުރިބާ އެނގޭނެހެން)
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ސުން ގަޑިއަކީ: 15 އޯގަސްޓް 2024 ވަނަ ދުވަހުގެ މެންދުރު 14:00
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3332488 އަށް ގުޅުއްވުން އެދެމެވެ.