މަސައްކަތް
ނަންބަރު: (IUL)332-ADHR/332/2024/67
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި:
14 ޖުލައި 2024 11:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު - މިކައުންސިލުން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް ދިއްފުށީ ސްކޫލުގައި ބެލެނިވެރިންގެ ވެއިޓިން އޭރިއާއެއް ހެދުން
- މިކައުންސިލުން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް ދިއްފުށީ ސްކޫލުގައި ބެލެނިވެރިންގެ ވެއިޓިން އޭރިއާއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 30 ޖޫން 2024 އިން 09 ޖުލައި 2024 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 9:30 ން 13:00 އާއި ދެމެދު ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމުންނެވެ. ރަޖިސްޓްރީ ކުރެވޭނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމު މިއިދާރާއަށް ހުށަހަޅައިގެން ނުވަތަ މެއިލްކޮށްގެނެވެ. މެއިލްކުރާނަމަ މެއިލް ލިބުނުތޯ ރަޖިސްޓްރީ ކުރި ފަރާތުން ޔަޤީންކުރަންވާނެއެވެ. ރަޖިސްޓްރީ ފޯމް ގެޒެޓް، މިއިދާރާއިން، ވައިބާ ކޮމިއުނިޓީ ގްރޫޕް އަދި ފޭސްބުކް ޕޭޖުން ލިބެންހުންނާނެއެވެ.
- މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް30 ޖޫން 2024 އިން ފެށިގެން ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- މިބީލަމާއި ގުޅޭ ޕްރީބިޑް ބައްދަލުވުން 11 ޖުލައި 2024 ވަނަ ދުވަހުގެ 11:30 ގައި ދިއްފުށީ ކައުންސިލް އިދާރަގެ މީޓިންގް ހޯލްގައި އޮންނާނެއެވެ.
- މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 09 ޖުލައި 2024ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
- ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން އޮންނާނީ 14 ޖުލައި 2024 ވާ އާދިއްތަ ދުވަހުގެ 11:00ގައި މި އިދާރާގެ މީޓިންގ ހޯލްގައެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
ސަލީމީހިގުން، ކ.ދިއްފުށި
ފޯން: 6640071
އީމެއިލް: [email protected]
27 ޖޫން 2024