ދިވެހިރާއްޖެ
ނ. މަނަދޫ އިން ވިޔަފާރި ޢުސޫލުން ބިން ކުއްޔަށް ދޫކުރުމަށް އިޢުލާން ކުރުން
ނ. މަނަދޫއިން ވިޔަފާރި ޢުސޫލުން ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ ގޮތުން 04 ޖޫން 2024 ގައި ކުރެވިފައިވާ މިއިދާރާގެ އިޢުލާން ނަންބަރ : (IUL)294-D/294/2024/37 އަށް އެކަށީގެންވާ ޢަދަދަކަށް ޕްރޮޕޯސަލް ހުށަހަޅުއްވާފައި ނުވާތީ ، މިއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. މިގޮތުން ދޫކުރުމަށް ނިންމާފައިވާ ބިމުގެ ތަފްސީލު ތިރީގައި އެވަނީއެވެ.
- ބިމުގެ މުއްދަތު: 20 (ވިހި) އަހަރު
- ބިމުގެ ބޮޑުމިން: 2186 ( ދެހާސް އެއްސަތޭކަ އަށްޑިހަ ހައެއް ) އަކަފޫޓު
- ދޫކުރުމަށް ނިންމާފައިވާ ބިމުގެ އަދަދު: 01 (އެކެއް) ބިން
މިބިން ކުއްޔަށް ނެގުމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ މެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ވީމާ ، މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށައަޅާނީ މި އިޢުލާނާއެކު ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
1445 L 20
26 ޖޫން 2024