ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)287/287/2024/27
ޕަބްލިޝްކުރި ތާރީޚް: 27 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 04 ޖުލައި 2024 14:00
މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަޕްލައި ފެންކޮޅު ވައްދާފައިހުރި، މީހުންދިރިއުޅޭ، ނ.މާޅެންދޫ ގޭގެއަށް ފެންފިލްޓަރ ދޫކުރުމާއި ބެހޭ

އިޢުލާނު

ސަޕްލައި ފެންކޮޅު ވައްދާފައިހުރި، މީހުންދިރިއުޅޭ ނ.މާޅެންދޫ ގޭގެއަށް ފެންފިލްޓަރ ދޫކުރުމާއި ބެހޭ.

ނ. މާޅެންދޫ ރައްޔިތުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް އެމް.ޑަބުލިޔު،އެސް،ސީ ގެ އެހީތެރިކަމާއިއެކު ސަޕްލައި ފެންކޮޅު ވައްދާފައިހުރި، މީހުންދިރިއުޅޭ ގޭގެއަށް ދިނުމަށް މިކައުންސިލުން ގެނެސްފައިވާ ފެންފިލްޓަރ އާއި ބައެއްގޭތަކުން އަދިވެސް ހަވާލުވެފައިނުވާތީ، މިހާރު ފެންފިލްޓަރާއި ހަވާލުނުވެހުރި ގޭތަކުން މިއަދު (27 ޖޫން 2024 ) އިން ފެށިގެން 4 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ، ރަސްމީގަޑީގައި ކައުންސިލުގެ އިދާރާއަށް ދުރުވެ ފެންފިލްޓަރާއި ހަވާލުވެދެއްވުމަށް ދަންނަވަމެވެ.  

އަދި މިފުރުސަތުގައި ފެންފިލްޓަރާއި ހަވާލުނުވެއްޖެނަމަ ، އެއީ ފެންފިލްޓަރ ބޭނުންނުވާގެތައްކަމަށް ބަލައި ، މިވަގުތަށް ފެންފިލްޓަރ ދޫކުރުން ހުއްޓަލެވޭނެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާނުކުރީމެވެ.  

27 ޖޫން 2024