ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)435-A1/1/2015/11
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2015
ޕަބްލިޝްކުރި ގަޑި: 08:09
ސުންގަޑި: 31 މޭ 2015 13:30
ޑްރަގް ކޯޓު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް

ޖީ. އެސް. 3 

ބޭނުްނާ އަދަދު

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން

ޑްރަގް ކޯޓު،  ކ. މާލެ

ސެކްޝަން/ޔުނިޓް

ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް އެޗް. އާރު. ޔުނިޓް

އަސާސީ މުސާރަ

 މަހަކު -/4،465 ރުފިޔާ

އެލަވަންސް

- ސަރވިސް އެލަވަންސް: -/1,500 ރުފިޔާ

- ލިވިންގ އެލަވަންސް: -/2,700 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި 2 މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް

  • ކޯޓަށް އެކިއެކި ކަންކަމުގައި އަންނަ ފަރާތްތަކަށް ޖަވާބުދާރީވުމާއި، މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް ކަމާބެހޭ ސެކްޝަނަކުން މަޢުލޫމާތު ހޯދައިގެން މަޢުލޫމާތު ދިނުން.
  • ކޯޓަށް ލިބޭ ސިޓީއާއި ތަކެތި ބަލައިގަތުން.
  • އެންޓްރީކުރުމާއި، އެންޓްރީގެ ރެކޯޑްސް ބެލެހެއްޓުމާއި، އެންޓްރީކުރާ ތަކެތި ސެކްޝަންތަކަށް ހަވާލުކުރުމާއި، އޭގެ ރެކޯޑްތައް ބެލެހެއްޓުން.
  • ކައުންޓަރު ބެލެހެއްޓުން.
  • ކުށުގެ ރެކޯޑް ސާފުކުރަން ހުށަހަޅާ ފޯމް ބަލައިގަނެ، ކޭސް ރެޖިސްޓްރޭޝަން ޔުނިޓާ ގުޅިގެން ފޯމް ފުރިހަމަކޮށް ނިމުމުން، ފޯމުގެ ވެރިފަރާތާ ހަވާލުކުރުން.

ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން

ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު، މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

 

1- ޑްރަގް ކޯޓުގެ ވަޒީފާއަށް އެދޭ ފޯމް (މި މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމް، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ފޯމު، މި ކޯޓުގެ ވެބްސައިޓުން (www.drugcourt.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.

5- ވަޒީފާއެއް އަދާކުރާ ނުވަތަ އަދާކޮށްފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާގެ ރޭންކް އެނގޭފަދަ ރަސްމީ ލިޔުމެއް. (އަދާކުރި ވަޒީފާގެ ރޭންކަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވަޒީފާގެ އޮނިގަނޑުން ކޮން ރޭންކެއްކަން މި ލިޔުމުގައި އެނގެން އޮންނަންވާނެ)

6- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.

7- ބޮންޑެއް އޮތް ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.

އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް

ޑްރަގް ކޯޓް، ޢިއްޒުއްދީން މަގު

ސުންގަޑި

2015 މޭ 31 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ޑްރަގް ކޯޓަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު

މަތީގައިވާ މަޤާމްތަކުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝަރުޠު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެންމެމަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ކޯޓުގެ 3018556 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.        

3 ޝަޢުބާން 1436

21 މޭ 2015