ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލަށް ބޭނުންވާ ވާރކް ސްޓޭޝަނާއި ޕާޓިޝަންތައް ގަތުމަށް
މަސައްކަތް |
މި ބީލަމަކީ އަބޫބަކުރު ސްކޫލްގެ ބޭނުންވާ ވާރކް ސްޓޭޝަނާއި ޕާޓިޝަންތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލާ ބީލަމެކެވެ. |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން: |
2024 ޖޫން 27 އިން 2024 ޖުލައި 04 އާ ދެމެދު މި ސްކޫލުގެ އީ.މެއިލް [email protected] ފޮނުއްވައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި 9741878 އަށް ގުޅުއްވުން އެދެމެވެ. |
އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ސުންގަޑި |
އަންދ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 08 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 12:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 12:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ނުދެވޭނެއެވެ. |
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓްކުރެވިފައި ވާނެއެވެ. ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައިވާ ތާވަލާއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ފޮނުއްވާ މެއިލްގައި ތިރީގައިވާ ހުރިހާ މައުލޫމާތެއް ހިމަނަންވާނެއެވެ. މި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ ރެޖިސްޓްރޭޝަން އީމެއިލް ބަލައިނުގަނެވޭނެއެވެ.
- އިޢުލާން ނަންބަރު
- ކުންފުނީގެ/އަމިއްލަ ފަރާތުގެ ނަން
- ގުޅޭނެ ފޯނު ނަންބަރު
މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ސްކޫލުން އީމެއިލް ކުރާނެ ވާހަކަ ދެންނެވީމެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 04 ޖުލައި ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑެރެހަށް އީމެއިލް ފޮނުއްވުން އެދެމެވެ.
އަބޫބަކުރު ސްކޫލް / ގދ.ތިނަދޫ
އީ-މެއިލް: [email protected]