މަސައްކަތް
ނަންބަރު: MGPL-I/ADM/2015/07
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2015
ޕަބްލިޝްކުރި ގަޑި: 09:58
ސުންގަޑި: 26 މޭ 2015 13:00
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
LPG ގޭސް ފިލިންގ ޕްލާންޓުގެ މައި ސްޓޯރޭޖް ޓޭންކުގެ ޑިސްޗާޖިންގ ޕައިޕްލައިން ބަދަލު ކުރުން

އިޢުލާން          

މިކުންފުނީގެ ތިލަފުށީ ސައިޓުގައި ހިންގާ LPG ގޭސް ފިލިންގ ޕުލާންޓުގެ މައި ސުޓޯރޭޖު ޓޭންކުގެ ޑިސްޗާޖިންގ ޕައިޕްލައިން ގިނަ ދުވަސްވެ ބާވެފައިވާތީ، އެއްކޮށް ބަދަލު ކުރުމަށް ބޭނުންވެގެން 14 މޭ 2015 ގައި ކުރެވުނު ނަންބަރު: MGPL-I/ADM/2015/06 ގެ އިޢުލާނުގެ ތާރީޚު ބަދަލުވުމުގެ ސަބަބުން، އެ އިޢުލާން ބާތިލުކުރި ވާހަކަ އާންމުކޮށް އަންގައި އަލުން މިފުރުސަތު ހުޅުވާލަމެވެ. އަދި މިމަސައްކަތް ކޮށްދޭނެ، ރާއްޖެ އަދި ރާއްޖޭން ބޭރުގެ ފަރާތެއް ޓެންޑަރ އުސޫލުން ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުުޤުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް ތިރީގައިވާ އެޑުރެހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

26 މޭ 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް

 ޖޫން 1 2015 ވާ ހޯމަ ދުވަހުގެ 13:00 އަށް

އެސް.ޓީ.އޯ ޓުރޭޑު ސެންޓަރ،# 02-21  (2 ވަނަ ފަންގިފިލާ)

އޯކިޑު މަގު

މާފަންނު

މާލެ، ދިވެހިރާއްޖެ

ފޯން:3335614

18 މޭ 2015