ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހުންނެވެ.
މަޤާމް |
ޑޭޓާ އެންޓްރީ އެސިސްޓެންޓް |
|
ބޭނުންވާ އަދަދު |
19 |
މަޤާމުގެ ކްލެސިފިކޭޝަން: ޑޭޓާ އެންޓްރީ އެސިސްޓެންޓް |
މުސާރަ |
ޑޭޓާ އެންޓަރކުރާ ކޮންމެ ފޯމަކަށް 8.50 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެ. ދުވާލަކަށް މަދުވެގެން 35 ފޯމު އެންޓަރކުރަންވާނެއެވެ. |
|
މަސައްކަތް ކުރަންޖެހޭ ތަން |
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ |
|
ސެކްޝަން |
ޕްރޮގްރާމް ސެކްޝަން |
|
ވަޒީފާގެ ބާވަތް |
ކޮންޓްރެކްޓް |
|
މަސައްކަތުގެ މުއްދަތު |
1 މަސްދުވަސް (މުވައްޒަފުގެ ޚިދުމަތް މި އެޖެންސީއިން އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.) |
|
މަސައްކަތުގެ ވަގުތު |
ދުވާލަކު 8 ގަޑިއިރު |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
|
|
ތަޢުލީމާއި ތަޖުރިބާ |
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
|
ހުށަހަޅަންޖެހޭ ލިޔުންތައް |
|
|
ސުންގަޑި |
2015 މޭ 21 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް. |
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން |
2015 ވަނަ އަހަރުގެ މޭމަހާއި ޖޫން މަހުގައި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި. ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން 20 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
އިތުރު މަޢުލޫމާތު |
މަޢުލޫމާތު ސާފުކުރަން ގުޅާނީ 3005323 ނަންބަރު ފޯނަށެވެ. |
|
23 ރަޖަބު 1436 |