ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM-RDC-2024-30
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 16:29
ސުންގަޑި: 03 ޖުލައި 2024 12:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ޕްރޮޖެކްޓް މޮނިޓަރިންގ އެންޑް ކޮލިޓީ ކޮންޓްރޯލް އޮފިސަރ)

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް  ބޭނުންވެއްޖެއެވެ.

މަޤާމް:

ޕްރޮޖެކްޓް މޮނިޓަރިންގ އެންޑް ކޮލިޓީ ކޮންޓްރޯލް އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

އޮފިސަރ - ގްރޭޑް 1

އަސާސީ މުސާރަ:

މަހަކު 5500.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

- އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 2200.00 ރުފިޔާ

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1-2 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ސެޓްފިކެޓް ލެވެލް 04 ގެ ސަނަދެއް ޙާސިލުކޮށްފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޑިޕާޓްމަންޓްގެ ފަރާތުން ބަލަހައްޓަންޖެހޭ އެންމެހާ މަޢޫލޫމާތުތަކާއި ރެކޯޑުތައް ބެލެހެއްޓުމާއި އެކި ފަރާތަށް ފޮނުވަންޖެހޭ .ލިޔެކިއުންތައް ތައްޔާރުކޮށް ބެލެހެއްޓުން.

- ޑިޕާޓްމަންޓަށް ލިބޭ ސިޓީ، ނޯޓު އާއި އެހެނިހެން ލިޔެކިޔުންތަކުގެ އަސްލު ފައިލުކޮށް ޖަވާބުދޭން ޖެހޭ ލިޔެކިޔުންތަކަށް ޖަވާބު ފޮނުވުން.

- ޕްރޮޖެކްޓް ސައިޓްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ރިކްއެސްޓް ތައްޔާރުކުރުން.

- ޑިޕާޓްމަންޓްގެ ސޮޓޮކުގެ ބާކީ ބަލަހައްޓާ ބޭނުންވާ ތަކެތި ހޯދުން.

- ޑިޕާޓްމަންޓުގެ އަދި ޑިޕާޓްމަންޓުން ބަލަހައްޓާ ސައިޓް އޮފީސްތަކުގެ ޔައުމިއްޔާ ބެލެހެއްޓުން.

- ޕްރޮޖެކްޓްގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ކަމާ ގުޅުންހުރި އެންމެހައި ފަރާތްތަކަށް މުޢާމަލާތްކުރުން.

- ޕްރޮޖެކްޓްގެ މަސައްކަތްތައް ރޭވުމުގައި ޕްރޮޖެކްޓް މެނޭޖަރަށް އެހީތެރިކަން ފޯރުކޮށްދިނުން.

- ސައިޓުތަކުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ޝެޑިއުލްއާއި އެއްގޮތްވާގޮތުގެ މަތިން މަސައްކަތް ކުރިއަށްދާ ކަން ކަށަވަރުކޮށް، ތައްޔާރުކުރަން ޖެހޭ ރިޕޯޓެއް ތައްޔާރުކުރުން.

- ސައިޓުތަކުގެ މަސައްކަތްކުރާ މުވައްޒަފުންގެ ހާޟިރީ އާއި ގުޅޭ އެންމެހާ ކަންކަން ކުރުން.

- ސައިޓުތަކުގެ މަސައްކަތްކުރާ މުވައްޒަފުންގެ އިވެލުއޭޝަން ފޯމްތަކާއި ގުޅޭ އެންމެހާ ކަންކަން ކުރުން.

- ޑިޕާޓްމަންޓް ބައްދަލުވުންތަކުގައި ޔައުމިއްޔާ ލިއެ ބެލެހެއްޓުން.

- ޑިޕާޓްމަންޓްއިން ފޮނުވަންޖެހޭ ސިޓީ އަދި މިނޫންވެސް ލިޔެކިއުން ތައްޔާރުކޮށް ފޮނުވުން.

- ކޯޕަރޭޝަނުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކަށް އެހީތެރިވުން.   

- ޕްރޮޖެކްޓްތަކަށް ބޭނުންވާ ސާމާނު ޕްރޮކިއުމަންޓް އާއި ގުޅިގެން ހޯދަން މަސައްކަތް ކުރުން. 

- ބިދޭސީ މުވައްޒަފުންގެ ތެރެއިން މުސާރަ ހޭންޑްއޯވަރކުރުމަށް ސައިޓަށް ފޮނުވާ ފައިސާ ބިދޭސީ މުވައްޒަފުންނާއި ހަވާލުކުރުން.

- ޕްރޮޖެކްޓުތައް މޮނިޓަރކޮށް ޕްރޮޖެކްޓްތައް ކުރިއަށް ދާނުދާ ގޮތުގެ އަޕްޑޭޓް ޑިޕާރޓްގެ ވެރިންނާއި ހިއްސާކުރުން. 

- ސައިޓަށް ހޯދާ ތަކެއްޗާއި ޚިދުމަތުގެ ބިލްތަކަށް ހެޑްއޮފީހުން ފައިސާ ހޯދުމަށް މަސައްކަތްކުރުން. 

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 03 ޖުލައި 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  6. ދޫކުރި ފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖުލައި މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                             20 ޛުލްޙިއްޖާ 1445 

26 ޖޫން 2024