ދިވެހިރާއްޖެ
މި އޮފީހަށް ގަންނަން ބޭނުންވާ މޮޓޯ ސައިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު(IUL)14-PR/1/2024/44 (27 އޭޕްރީލް 2024) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އާއި މަޢުލޫމާތު ކަރުދާހަށް ބަދަލު ގެންނަން ބޭނުންވާތީ، ނަންބަރު(IUL)14-PR/1/2024/44 (27 އޭޕްރީލް 2024) އިޢުލާނު ބާޠިލްކޮށް، މޮޓޯ ސައިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތިން، މޮޓޯ ސައިކަލް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 11 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަމުގައި ރަޖިސްޓްރީވުމަށް މިއޮފީހުގެ ([email protected]) އީމެއިލް އަށް 08 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334172 ފޯނަށް ގުޅުއްވުން އެދެމެވެ