ދިވެހިރާއްޖެ
މި އޮތޯރިޓީން ދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައިވާ ތަކެތި/ޚިދުމަތް ފޯރުކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެގެން 26 މޭ 2024 ގައި ގެޒެޓް ކޮށްފައިވާ ނަންބަރު
(IUL)220-AS/1/2024/58 އިޢުލާނާއި ގުޅިގެން ތިރީގައިވާ މި ދަންނަވާ ތަކެތި/ޚިދުމަތް ފޯރުކޮށްދިނުމަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވައިފައިނުވާތީ
ދެންނެވުނު ތަކެތި/ޙިދުމަތް ފޯރުކޮށްދޭން ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ
Indoor Wireless Access Control System.
ވީމާ، މި ތަކެތި/ޙިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި |
03 ޖުލައި 2024 |
ބުދަ |
12:00 |
އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން |
08 ޖުލައި 2024 |
ހޯމަ |
14:00 |
1. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
ލިންކް:https://forms.office.com/r/KL2v5bEvuY
2. މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަން މަޢުލޫމާތު މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ ބީލަންވެރީންގެ ޒިންމާއެކެވެ.
3. ބީލަން ތައްޔާރުކުރަންވާނީ މި އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.
4. މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 03 ޖުލައި 2024 ވާ ބުދަ ދުވަހު 12:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
5. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 3020478, 3019611, 3339467 އަށް ގުޅުއްވުން އެދެމެވެ.
20 ޛުލްހިއްޖާ 1445
26 ޖޫން 2024