ދިވެހިރާއްޖެ
މިކުންފުނީގެ ނަންބަރު:PRC/I-2015/40-ފ113 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މީރު ބަހުރު ބަނދަރުގެ ފިހާރައެއް ބީލަމުގައި ކުއްޔަށް ދޫކުރުން
މީރު ބަހުރު ބަނދަރުގެ ފިހާރައެއް ބީލަމުގައި ކުއްޔަށް ދޫކުރަން ބޭނުންވެއެވެ. ވީމާ، މި ފިހާރަ ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ސިޓީލާ ބީލަމުގައި މި ފިހާރަތައް ކުއްޔަށް ދޫކުރަން ހުޅުވާލަމެވެ.
އިތުރު ތަފުސީލު
ބީލަން ހުށަހެޅޭނެ ފަރާތްތައް
- މިބީލަމުގައި ބައިވެރިވެވޭނީ، ބީލަން ހުށަހަޅާ ތާރީޚާ ހަމައަށް އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ދިވެހިރައްޔިތުންނަށާއި، ދިވެހި ރައްޔިތެއްގެ ހިއްސާ އޮންނަ ކުންފުނި ނުވަތަ ވިޔަފާރިއަކަށެވެ.
ކުއްޔަށް ދޭ ފިހާރައިގެ ތަފުސީލު:
- ފިހާރައިގެ އަދަދު: 01 (އެކެއް)
- ފިހާރަ ނަންބަރު: ޝޮޕް ނަންބަރު 4
- ތަނުގެ ބޮޑުމިން: 475 އަކަފޫޓު، 25 ފޫޓު ދިގު، 19 ފޫޓު ފުޅާ
- ފެނާއި ކަރަންޓް: މީޓަރަކުން ކަރަންޓް، އަދި ފެންލިބޭ ގޮތަށް
- ފަރުނީޗަރު: އެއްވެސް ފަރުނީޗަރަކާ ނުލައި
ކުއްޔަށް ދޫކުރެވޭ މުއްދަތު
- ބީލަން ކާމިޔާބުކުރާ ފަރާތަކަށް ފިހާރަ ކުއްޔަށް ދޫކުރެވޭނީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
ބީލަމުގައި ރަޖިސްޓަރީ ވުން
- ބީލަން ހުށަހަޅަން ބޭނުންވާ ފިހާރަޔަށް ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.
- ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެމް.ޕީ.އެލްގައި -/5،000 ރުފިޔާ (ފަސްހާސް ރުފިޔާ)ގެ ނޮން ރިފަންޑަބަލް ޑިޕޮޒިޓެއް ބަހައްޓަން ޖެހޭނެއެވެ.
- ބީލަމުގައި ބައިވެރިވުމުގެ މުއްދަތު: 20 މޭ 2015 އިން 27 މޭ 2015 އަށް
- ބީލަމުގައި ބައިވެރިވުމަށް ނަން ނޯޓް ކުރުމަށްޓަކައި ތިރީގައި ބަޔާން ކުރެވިފައިވާ ތަކެތި އެމް.ޕީ.އެލް ރެވެނިއު ކައުންޓަރަށް ހުށަހަޅަންވާނެއެވެ.
- އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑުގެ ކޮޕީ
- ކުންފުންޏެއްނަމަ ކުންފުނި ރަޖިސްޓަރީގެ ކޮޕީ އަދި ޖީއެސްޓީ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ
- ކުންފުނި ރެޕްރެސެންޓް ކުރާނެ ފަރާތެއް ކަނޑައަޅާފައިވާ ކުންފުނީގެ ޤަރާރު
ބީލަން ފެށޭ އަގު
- ބީލަން ފެށޭ އަގަކީ މަހަކު -/60,000 ރުފިޔާއެވެ.
ބީލަމަށް މަދުވެގެން އިތުރު ކުރުވޭނެ އެންމެ ދަށް އަދަދު
- ބީލަމަށް ހުށަހެޅިފައިވާ އެންމެ މަތީކުއްޔަށް އިތުރުކުރެވޭނީ މަދުވެގެން -/1,000 ރުފިޔާއެވެ.
ބީލަން ނިންމުމާއި އެވޯޑުކުރުން
- ބީލަމުގެ އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ބީލަން ނިންމޭނެއެވެ.
- ބީލަން ކާމިޔާބުކުރި ފަރާތުން ތަން ދޫކޮށްލައިފިނަމަ، 2 ވަނަ އަށް ހޮވިފައިވާ ފަރާތަކާއެކު ހަމަޖެހިފައިވާ އުސޫލުން ކުރިއަށް ގެންދެވޭނެއެވެ.
- 2 ވަނަ އަށް ހޮވޭ ފަރާތުން ތަން ދޫކޮށްލައިފިނަމަ، ތަން ދޫކޮށްލި 2 ފަރާތް ނުހިމަނައި ދެންތިބި ފަރާތްތަކަށް އެފަރާތްތަކުން ކުރިން ލީ ބީލަމަށްވުރެ ބޮޑުކޮށް ބީލަން ހުށަހެޅުމަށް ފުރުޞަތު ދެވޭނެއެވެ.
- ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން 2 (ދޭއް) ފަރާތަކުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅާ ކުލި އެއްވަރު ވެއްޖެނަމަ، ކުލި އިތުރުކުރުމުގެ ފުރުޞަތު އެފަރާތްތަކަށް ދެވޭނެއެވެ. އަދި މިފުރުޞަތުގައި ވެސް ހުށަހަޅާފައިވާ ކުއްޔަށް އިތުރު ބަދަލެއް ނައިސްފިނަމަ، އެފަރާތްތަކުގެ މެދުގައި ގުރުއަތުލައި، ހޮވޭ ފަރާތަކަށް އެވޯޑްކުރެވޭނެއެވެ.
- ބީލަން ނިމުމުން އެންމެމަތީ ކުލި ހުށަހެޅި ފަރާތަށް ބީލަން ކާމިޔާބު ވެއްޖެ ކަމުގެ ލިޔުމެއް ދޫކުރެވޭނެއެވެ. ބީލަން ކާމިޔާބުވި ފަރާތަށް އެލިޔުން ދޫކުރާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި ކުލީގެ އެއްބަސްވުމުގައި އެމް.ޕީ.އެލް އާއެކު ސޮއިކުރަންވާނެއެވެ.
ކުލި ހުށަހެޅުން
- އަގު ހުށަހަޅަންވާނީ އެކަމަށް ކަނޑައެޅިފައިވާ ބީލަން ފޯމުގައެވެ. އަދި މި ފޯމު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ކުއްޔަށް ހިފަން ބޭނުންވާ ތަން އެނގޭނެހެން "ބީލަމުގައި ބައިވެރި ވުމަށް އެދި" ލިޔެވިފައި އޮންނަންވާނެއެވެ.
- ހުށަހަޅާ ކުލި ސާފުކޮށް އެނގޭނެހެން ހިސާބު އަކުރުންނާއި ތާނަ އަކުރުން އަދަދު ތަފާތު ނުވާނެހެން ލިޔެފައި އޮންނަންވާނެއެވެ.
- ބީލަން ހުށަހެޅުން އޮންނާނީ 31 މޭ 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގައި އެމް.ޕީ.އެލް ސަރވިސް ބިލްޑިންގ މީޓިންގރޫމްގައެވެ.
ތަނުގައި ބޭނުންކުރާ ތަކެތި ބެލެހެއްޓުމާއި މަރާމާތު
- ކޮންޓްރެކްޓްގެ މުއްދަތުގެ ތެރޭގައި ތަނަށް ކުރަންޖެހޭ ހުރިހާ ޚަރަދަކާއި، މަރާމާތަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ ފިހާރަ ހިންގާ ފަރާތުންނެވެ.
އިންޝުއަރެންސް، ޖޫރިމަނާ އަދި ގެއްލުމުގެ އަގު
- ފިހާރަ ހިންގުމާ ގުޅިގެން ތަނަށް، ނުވަތަ ތަކެތި، ނުވަތަ މީހުންނަށް ކުރަންޖެހޭ އެއްވެސް އިންޝުއަރެންސެއް ކުރަންޖެހިއްޖެނަމަ އެކަމެއް ކުރާނީ ފިހާރަ ކުއްޔަށް ހިފާ ފަރާތުންނެވެ.
- ސަރުކާރުގެ އެއްވެސް ގަވާއިދަކާ ހިލާފުވެގެން ފިހާރަ ޖޫރިމަނާއެއް ކޮށްފިނަމަ، އެ ޖޫރިމަނާ ދައްކާނީ ކުއްޔަށް ހިފާ ފަރާތުންނެވެ.
އަންގާ އެންގުންތައް
- އެމް.ޕީ.އެލް އިން ފިހާރަ ކުއްޔަށް ހިފާ ފަރާތަށް އަންގަންޖެހޭ ހުރިހާ އެންގުމެއް އަންގަންވާނީ ލިޔުމުންނެވެ. އަދި އެ ލިޔުން ލިބެންވާ ފަރާތަށް ލިބުނުކަން އެނގޭނެ ގޮތެއްގެ މަތިންނެވެ.
- ކުއްޔަށް ހިފާ ފަރާތުން އެމް.ޕީ.އެލް އަށް ހުށަހަޅަންޖެހޭ ހުރިހާ ހުށަހެޅުމެއް ހުށަހަޅަންވާނީ ލިޔުމުންނެވެ.
މަހު ކުލި
- ފިހާރައިގެ ކުލީގެ އެގްރީމަންޓް ކުރެވޭއިރު 2 މަސްދުވަހުގެ ކުލީގެ އަދަދަށްވާ ފައިސާ ތިރީގައި ބަޔާންކުރެވިފައިވާ އުސޫލުން ނެގޭނެއެވެ.
- ހިނގާމަހުގެ އެޑްވާންސް ކުލި.
- ކުލީގެ އެގްރީމަންޓް ހަމަވުމުން ނުވަތަ ނިމުމަކަށް ގެނައުމުން އެގްރީމަންޓްގައި ކަނޑައެޅިފައި އޮންނަ އުސޫލުން އަނބުރާ ދޭގޮތަށް ނެގޭ 1 މަސްދުވަހުގެ ކުއްޔަށްވާ ޑިޕޮޒިޓް ފައިސާ.
- މަހުކުލި އަބަދުވެސް ނެގޭނީ އެމަހެއްގެ ކުރިއަށެވެ.
- ކުލީގެ ގޮތުގައި ނެގޭ އަދަދު ކޮންމެ މީލާދީ މަހެއްގެ 10 ގެ ކުރިން އެމް.ޕީ.އެލްގެ ފައިނޭންސް ޑިޕާޓްމަންޓަށް ދައްކަންވާނެއެވެ.
ބީލަން ހުށަހަޅާއިރު ހުށަހަޅަންޖެހޭ ތަކެތި
- ބީލަން ފޯމު
މަޢުލޫމާތު ސާފުކުރުން
- މި އިޢުލާނާ ގުޅިގެން ކުއްޔަށް ދޫކުރާ ފިހާރަތައް ބަލަން ބޭނުންވާ ފަރާތްތަކުން 3006545 އަށް ގުޅުމުން ފިހާރަތައް ބެލުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ފޯންނަންބަރު 3329339 އަދި އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުމުން ސާފުކުރަން ބޭނުންވި މަޢުލޫމާތު ލިބޭނެއެވެ.
އިތުރު ބަޔާން
- މަތީގައި ބަޔާންކުރެވުން ބީލަމުގައި އެމްޕީއެލްގެ ބޯޑު ޑިރެކްޓަރެއް ނުވަތަ މުވައްޒަފެއް ނުވަތަ އެދެފަރާތުގެ ޢާއިލާގެ ބޭފުޅެއް (ޢާއިލާ މާނަކުރަނީ، މަންމަ، ބައްޕަ، ފިރިން، އަނބިން، ދަރިން ނުވަތަ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނެވެ.) އަދި އެފަރާތެއް ހިއްސާވާ ކުންފުންޏެއް ނުވަތަ ވިޔަފާރި އަކަށްވެސް މި ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
- މި ފިހާރަ ހިންގަންވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން ކަނޑައަޅާފައިވާ ވިޔަފާރި ކުރުމުގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތީންނެވެ.
- ކުއްޔަށް ހިފާ ފަރާތްތަކަށް މި ފިހާރައިގައި ކެފޭ، ރެސްޓޯރެންޓް، ސައިހޮޓާ، ވާރކްޝޮޕް، ގުދަން، ދިރިއުޅުމަށް، ހޮޓާ، ގެސްޓްހައުސް ފަދަ ކަންކަމަށް ބޭނުމެއް ނުކުރެވޭނެއެވެ.
29 ރަޖަބު 1436