ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)268/2024/29
ޕަބްލިޝްކުރި ތާރީޚް: 26 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 04 ޖުލައި 2024 13:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް ބޭނުންވާ ތަކެތި ހޯދުމާއި ގުޅޭ

މިއިދާރާއަށް ގަންނަށްބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާނުގައި މައްސަލައެއްއުލޭކަމަށް ފާހަގަކުރެވިގެން އިޢުލާން ނަންބަރ(IUL)268/2024/27 ބާޠިލްކުރުމަށްފަހު އަލުން މިކަމަށް އިޢުލާންކުރަމެވެ.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްޞީލް

ފޯމިއުލާ

މަސައްކަތުގެ އަގު

80%

  • ·        ޙިދުމަތުގެ އަގަށްދެވޭ މާކްސް
  • މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްގަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހައިލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގަކަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

މުއްދަތު

20%

  • ·         ތަކެތި ފޯރުކޮށްދެވޭނެ މުއްދަތަށް ދެވޭ މާކްސް
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ މުއްދަތު ތަކުގެ ތެރެއިން އެކަށީގެންވާ އެންމެ ކުރުމުއްދަތެއް އެއީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % (އިންސައްތަ)
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެކަށީގެންވާ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމާނެ ފަރާތަކަށެވެ.

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ޖުލައި 2024ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ނޭކުރެންދޫ ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ  [email protected]  ،[email protected]  އަށް އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް، މި އިޢުލާނާއި  އެޓޭޗްކުރެވިފައިވާނެއެވެ. މިއިއުލާނުގައިވާ ކޮންމެ ލޮޓަކަށް ވަކިވަކިންވެސް ކޯޓޭޝަން ހުށަހެޅިދާނެއެވެ.

 

  1. ބީލަން ހުށަހަޅާ ފޯމުގައި އަންދާސީ ހިސާބު/ކޯޓޭޝަން ހުށަހެޅުން
  2. ކުންފުނި/ޕާޓްނާޝިޕް/ކޯޕަރޭޓިވް ސޮސައިޓީ/އަމިއްލަފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހެޅުން (އަމިއްލަ ފަރާތެއް ނަމަ އައިޑީ ކާޑުކޮޕީ ހުށަހެޅުން)
  3. ޖީއެސްޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ޖީއެސްޓީ ރަޖިސްޓަރީ ކޮށްފައިވާނަމަ) ހުށަހެޅުން
  4. މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18 ) އަދި (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ ފަރާތްތަކަށެވެ.
  5. އިތުރު މައުލޫމާތު ،ފޯން: 6520042

  ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

26 ޖޫން 2024