ޢާންމު މަޢުލޫމާތު
ނަންބަރު: 116-CDO/IL/2015/24
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2015
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 15 މޭ 2015 00:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހުުޅުލޭގެ އިރުމަތީފަރާތު ފަޅުތެރޭގައި، ސީޕްލޭން ޖައްސާ ސަރަހައްދުގައި އަޅާފައިހުރި އުޅަނދުފަހަރު އެސަރަހައްދުން ނެގުމާބެހޭ

ހުޅުލޭގެ އިރުމަތީފަރާތު ފަޅުތެރޭގައި، ސީޕްލޭން ޖައްސާ ސަރަޙައްދުގައި އަޅާފައިހުރި އުޅަނދުފަހަރު އެސަރަޙައްދުން ނެގުމާބެހޭ

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯރޓު (INIA) ގައި، ސީޕްލޭން ޖައްސާ ސަރަޙައްދަށް ޚާއްޞަ ކުރެވިފައި އޮންނަ އިރުމަތީފަރާތު ފަޅުތެރޭ ސަރަޙައްދުގައި އަޅާފައިހުރި ޔޮޓް އަދި އެހެނިހެން އުޅަނދުފަހަރާ ހެދި ނުރަައްކާތެރި ހާދިސާތައް ވަނީ މެދުވެރިވެފައެވެ. ވީމާ، ކުރިއަށްއޮތް ތަނުގައި މި މައްސަލަތައް ހައްލުކުރެވެން އަންނަނީ އެތާނގައި އަޅާފައިވާ އުޅަނދުފަހަރުގެ ވެރިންގެ އެއްބާރުލުމާ އެކުގައިކަމަށް ފާހަގަ ކުރަމެވެ.

މިކަމާ ގުޅިގެން މިކުންފުނިން ވަނީ 23 މާރިޗު 2014، ނަންބަރު: 116-CDO/IL/2014/31 ގައިވެސް އިޢުލާން ކުރެވިފަައެވެ.

މީގެ އިތުރުން INIA ގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން ސީޕްލޭން ސަރަޙައްދު ބަންދުކުރުމުގެ މަސައްކަތް މިމަހު ފަހުކޮޅުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ފެށެން އަންނަނީ މި ސަރަޙައްދުގައި އަޅާފައިހުރި ޔޮޓް އަދި އެހެނިހެން އުޅަނދުފަހަރު ނަގައި އެތަން ހުސްކުރުމުންކަމަށްވެސް ދަންނަވަމެވެ.

ވީމާ، ހުޅުމާލޭގެ ދެކުނު ނެރުން ފެށިގެން އެސަރަޙައްދުގައި އަޅާފައިހުރި ޔޮޓް އަދި އެހެނިހެން އުޅަނދުފަހަރު 15 ޖޫން 2015 ގެ ނިޔަލަށް ނެގުމަށް އަންގައި އިޢުލާން ކުރަމެވެ.

25 ރަޖަބު 1436

14 މޭ 2015