ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2024/213
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 09:05
ސުންގަޑި: 02 ޖުލައި 2024 12:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ކެމެރާމަން

މަޤާމް :ކެމެރާމަން
ބޭނުންވާ އަދަދު :1

 

 

                   

 

(IUL)PSM-HR/PSM/2024/213

ވަޒީފާގެ ފުރުޞަތު

 

މަޤާމް

ކެމެރާމަން

މަޤާމުގެ ރޭންކް

L9 – F6 (T)

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް:

ނިވްސް އެންޑް ކަރަންޓް އެފެއާރޒް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 06 ދުވަހު – ޝިފްޓް އުސޫލުން 8 ގަޑިއިރު

އަސާސީ މުސާރަ

-/7,000 ރުފިޔާ

ސަރވިސް އެލަވަންސް

-/3,500 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށްފައިވުން، ނުވަތަ
  • ސާނަވި އިމްތިހާނުން ދަށްވެގެން 4 މާއްދާއިން ސީ ގްރޭޑް ލިބިފައިފައިވުން، ނުވަތަ
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ސްޓޫޑިއޯތަކާއި، އައުޓްޑޯ ގައި ބޭނުންކުރާ ވީޑިއޯ ކެމެރާތައް އޮޕަރޭޓްކުރަން އެނގުން.
  • ޚަބަރާއި ޕްރޮގްރާމްތަކަށް ބޭނުންވާ ވީޑިއޯ މެޓީރިއަލް ކޮންޓެންޓް މޭކަރ ބޭނުންވާ ގޮތަށް ވީޑީއޯ ކުރަން އެގުން.
  • ސްޓޫޑިއޯތަކާއި ލޮކޭޝަންތަކުގައި ރެކޯޑްކުރެވޭ ވީޑިއޯ ކޮންޓެންޓާއި އެފަދަ ތަންތަނުން ލައިވުކުރެވޭ ވީޑިއޯ ކޮންޓެންޓް، ވީ އެންމެ ރަގަޅަށް ކުރަން އެގުން.
  • ލައިޓް ހަދައިގެން ކެމެރާކުރަން އެނގުން.
  • އަޑުނަގާގޮތަށް ކެމެރާކުރަންޖެހޭ ކޮންމެ ޙާލަތެއްގައި، ވީ އެންމެ ރަނގަޅައަށް އަޑު ނަގަން އެނގުން.
  • ތަފާތު ތަންތާނގައި އާއި ތަފާތު ޙާލަތުތަކުގައި، ކެމެރާއާއި ކެމެރާކުރުމަށް ބޭނުންކުރާ އެންމެހާ ތަކެތި އޮޕަރޭޓް ކޮށް ބޭނުން ކުރަން އެގުން.
  • ޕްރޮގްރާމްތަކާއި، ޑޮކިއުމެންޓްރީ ފަދަ ބޮޑެތި ޕްރޮޑަކްޝަންތަކާއި، ރެކޯރޑިންތަކާއި އެކި އިވެންޓްޓައް ކަވަރކުރުމާއި ލައިވްކުރުން ފަދަ ކަންކަން ކުރަން އެގުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކެމެރާ އޮޕަރެޓްކުރުމުގެ ކަންކަން ވީ އެންމެ ރަނގަޅަކަށް ކުރުން.
  • ޚަބަރާއި ޕްރޮގްރާމްތަކަށް ކޮންޓެންޓް މޭކަރ ބޭނުންވާ ވީޑިއޯ މެޓީރިއަލް، ކޮންޓެންޓް މޭކަރ ބޭނުންވާ ގޮތަށް އަދި ލިބިހުރި ވަޞީލަތާއި ޙާލަތާއި ވަގުތު ކޮށްދޭ އެންމެ ރަނގަޅަށް ނަގައިދިނުން.
  • ކޮންޓެންޓް މޭކަރގެ ޙާޟިރުގައި ނޫން ޙާލަތުގައިވެސް، ކޮންޓެންޓް މޭކަރ އެދޭ ވީޑިއޯއެއް ނަގަން ޙަވާލުކޮށްފިނަމަ، އެ ވީޑިއޯ މެޓީރިއަލް، ލިބިހުރި ވަޞީލަތާއި ޙާލަތާއި ވަގުތު ތަންދޭ އެންމެ ރަނގަޅަށް ނަގައިދިނުން.
  • ސްޓޫޑިއޯތަކާއި ލޮކޭޝަންތަކުގައި ރެކޯޑްކުރެވޭ ވީޑިއޯ ކޮންޓެންޓާއި އެފަދަ ތަންތަނުން ލައިވްކުރެވޭ ވީޑިއޯ ކޮންޓެންޓް، ވީ އެންމެ ރަނގަޅަކަން ނެގުން.
  • ޕްރޮގްރާމްތަކާއި ބޮޑެތި ޕްރޮޑަކްޝަންތަކާއި އަދި އެކި އެކި ރެކޯރޑިންތައް ތައްޔާރުކުރުމާއި އެކި އިވެންޓްތައް ކަވަރކުރުމާއި ލައިވްކުރުންފަދަ ކަންކަމުގެ ޕްރީ ޕްލޭނިން މަރުޙަލާގައި، ކޮންޓެންޓް މޭކަރ އެދިއްޖެ ޙާލަތެއްގައި ފަންނީ ގޮތުން ބޭނުންވާ ލަފައާއި އެހީތެރިކަން ލިބިދީ ކަމާބެހޭ ބައްދަލުވުންތަކުގައި ބައިވެރިވެ ޓީމްވާރކް ވީ އެންމެ ރަނގަޅަށް ދެމެހެއްޓުން.
  • ކެމެރާއަށް ނެގޭ މަންޒަރުތަކަކީ، އެ މަންޒަރެއްގެ ބޭނުން އެންމެ ރަނގަޅަށް ހިފޭ އަދި އުފެއްދުންތެރި އެއްޗަކަށް ހެދުމަށް، ކޮންޓެންޓް މޭކަރގެ ލަފައާއި އިރުޝާދާއެކު ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތްކުރުން.
  • ލައިޓް ހަދާނެ ވަކި މީހަކު ނެތި، ކެމެރާކުރަން ޙަވާލުކުރެވޭ ޙާލަތުތަކުގައި، ލައިޓް ހަދައިގެން ކެމެރާކުރަން ޖެހިއްޖެނަމަ، ވީ އެންމެ ރަނގަޅަކަށް އެކަން ކުރުން.
  • އޯޑިއޯގެ ކަންކަމަށް ވަކި މީހަކު ނެތް ޙާލަތެއްގައި، ވީ އެންމެ ރަނގަޅަކަށް އޯޑިއޯ ނެގުން.
  • އިވެންޓްތައް ކަވަރ ކުރުމަށް އޮޕަރޭޓް ކުރަންޖެހޭ އެހެނިހެން އިކުއިޕްމެންޓްތައް އޮޕަރޭޓްކުރުމަށް ޙަވާލުކޮށްފިނަމަ ލިބިހުރި ވަޞީލަތާއި ޙާލަތާއި ވަގުތު ތަންދޭ އެންމެ ރަނގަޅަށް އޮޕަރޭޓް ކުރުން.
  • ކޮންޓެންޓް އުފެއްދުމުގެ ބޭނުމަށް ނުވަތަ ވަގުތުން ގެނެސްދިނުމަށް ނެގޭ ކޮންމެ މަންޒަރަކީ، ކެމެރާކުރުމުގެ ފަންނީ އަދި ޢިލްމީ މިންގަނޑުގެ ތެރޭގައި ނެގޭ (އެކަށީގެންވާ އެންމެ ރަނގަޅު ތަނުގައި އެންމެ ރަނގަޅަށް ކެމެރާ ބަހައްޓައިގެން، އެންމެ ރަނގަޅު އެންގަލުން، އެންމެ ކަމުދާ ފްރޭމްގައި އެންމެ ސާފުކޮށް ޝޮޓް ނެގުމަށް އިސްކަންދީގެން) ވީޑިއޯއަށް ހެދުން.
  • ތަފާތު ތަންތާނގައި ތަފާތު ޙާލަތުތަކުގައި، ކެމެރާއާއި ކެމެރާކުރުމަށް ބޭނުންކުރާ އެންމެހާ ތަކެތި (ކެމެރާމަންގެ ބެލުމުގެ ދަށުގައިވާ ކޮންމެ ވަގުތަކު) އެންމެ ރައްކާތެރި ގޮތުގައި އުފުލުމާއި ގެންގުޅުމާއި ބެލެހެއްޓުން.
  • ކެމެރާއާއި ކެމެރާކުރުމުގައި ބޭނުންކުރާ އެހެން އެއްޗިހި ހަލާކުނުވެ ގިނަދުވަހަށް ދެމެހެއްޓުމަށްޓަކައި ޢާންމު އުޞޫލެއްގެ ގޮތުން ކެމެރާމަނަށް ކުރެވެން ހުރި އަދި މަނާކުރެވިފައި ނުވާ ކަންކަން ކުރުން.
  • ކެމެރާ އާއި ކެމެރާކުރުމަށް ބޭނުންވާ އެއްވެސް އެއްޗެއް ބޭނުންކުރުމުގެ ތެރޭގައި ނުވަތަ ތިމާގެ ބެލުމުގެ ދަށުގައި ހުރި ވަގުތެއްގައި ހަލާކުވެއްޖެނަމަ، ނުވަތަ ގެއްލުމެއް ވެއްޖެނަމަ، ވީ އެންމެ އަވަހަކަށް އެކަން ރިޕޯޓްކުރަންވާ ފަރާތަކަށް ރިޕޮޓްކުރުމާއި އެކަމެއް ޙައްލުކުރުމަށް އެހީތެރިކަމެއް ދޭންޖެހޭ ޙާލަތެއްގައި އެ އެހީތެރިކަމެއް ލިބިދިނުން.
  • އަލަށް ޓީމާ ގުޅޭ ކެމެރާމަނުންނާއި ފަންނީ ޤާބިލްކަމުގެ ގޮތުން ތިމާގެ އެހީތެރިކަން ލިބިދެވިދާނެ ކެމެރާމަނުންނަށް ތަމްރީންދީ ފެންވަރު މަތިކުރުމަށް ބޭނުންވާ އެހީތެރިކަން އަބަދުވެސް ލިބިދިނުމާއި ކުންފުނިން އެދިއްޖެ ޙާލަތެއްގައި، ކުންފުނިން އެދޭ ބަޔަކަށް މި ރޮނގުން ކިނަވައިދިނުން.
  • ވަޒީފާއާ ގުޅޭ ގޮތުން ހަވާލު ކުރެވޭ ކުންފުނީގެ އެހެނިހެން މަސައްކަތް ކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 02 ޖުލައި 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000364 އާއި ގުޅުއްވުން އެދެމެވެ.

  

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

25 ޖޫން 2024