ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)354/354/2024/17
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 22:04
ސުންގަޑި: 12 އޮގަސްޓް 2024 13:00
އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
އދ.ދިއްދޫ އިން ބަންޑާރަ ގޯތި ދޫކުރުން

މި އިޢުލާންވަނީ 26 ޖޫން 2024 21:08 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

އދ.ދިއްދޫ އިން ބަންޑާރަ ގޯތި ދޫކުރުން

 

      އަރިއަތޮޅު ދެކުނުބުރީ ދިއްދޫ އިން ގޯއްޗަށް އެދޭ ފަރާތްތަކަށް 25 ޖޫން 2024 އިން ފެށިގެން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. މިގޮތުން މި ބުރުގައި މިރަށުން ދޫކުރުމަށް ހަމަޖެހިފައި ވަނީ 2000 އަކަފޫޓުގެ 40 ގޯއްޗެވެ.

     ވީމާ، ގޯއްޗަށް އެދުމުގެ ޝަރުތުހަމަވާ ފަރާތްތަކުން "ދިރިއުޅުމަށްޓަކައި އދ. ދިއްދޫ އިން ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު 01 ޖުލައި 2024 ވާ ހޯމަ ދުވަހުން ފެށިގެން،ބަންދު ދުވަސްތައް ނުހިމެނޭހެން 30 ދުވަސް ލިބޭގޮތަށް 12 އޮގަސްޓް 2024 ހޯމަ ދުވަހުގެ މެންދުރު 13:00 ގެ ނިޔަލަށް އދ.ދިއްދޫ ކައުންސިލްގެ އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

      ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ގޯއްޗަށް އެދޭ ފޯމް ބަލައިގަތުމާއި ދޫކުރުން އޮންނާނެއެވެ. މިގޮތުން ފޯރމް ދޫކުރުން އޮންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 10:00 އަށެވެ. އަދި ފޯމު ބަލައިގަތުން އޮންނާނީ ހެނދުނު 10:30 އިން މެންދުރު 12:30 އަށެވެ. ގޯއްޗަށް އެދޭ ފޯމް ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއިދާރާއިން ކޮށްފައިވާ އިޢުލާނާއެކު ޝާއިއުކުރެވިފައިވާނެއެވެ. ޕްރިންޓްކޮށްފައިވާ ގޯއްޗަށް އެދޭ ފޯމު -/10 ރުފިޔާގެ ރޭޓުން ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

     

 

މި އިޢުލާނާއެކު ތިރީގައިވާ ތަކެތި އެއްކަރުދާސް ކުރެވިފައިވާނެވެ. 

  1. އދ. ދިއްދޫއިން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި ހުށަހަޅާ ފޯމް
  2. އދ. ދިއްދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު
  3. ގޯތި ދޫކުރާ ސަރަޙައްދު ދައްކުވައިދޭ ޗާޓު
  4. ލިބިފައިވާ އަދި ލިބެން އޮތް ބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު
  5. ތަރިކަ އިޤްރާރު

  ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

18 ޛުލްޙިއްޖާ 1445

25 ޖޫން 2024             

25 ޖޫން 2024