މުބާރާތް
ނަންބަރު: (IUL)297-AD/297/2024/58
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 15:21
ސުންގަޑި: 15 ޖުލައި 2024 14:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ ޤުރުއާން މުބާރާތް 1445ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ވޭތުވެދިޔަ އަހަރެކޭ އެއްގޮތަށް، ވެލިދޫގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި، އާލާކޮށް، ފެތުރުމަށް މަސައްކަތް ކުރުމުގެ މަޤްސަދުގައި ހުރިހާ އުމުފުރާއަކަށް ހުޅުވާލައިގެން، މިހިނގާ 1445ވަނަ އަހަރުވެސް ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބޭއްވުމަށް މިކައުންސިލުންވަނީ ނިންމާފައެވެ. މި މުބާރާތް ބޭއްވުމަށް ގަސްދުކުރެވިފައިވަނީ  01 އޮގަސްޓް 2024 ވާ ހުކުރު ދުވަހުއެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމްގެ ލިންކާއި މުބާރާތުގެ ޤަވާއިދު މި އިޢުލާނާއިއެކު ޢާއްމުކުރީމެވެ. މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ހުށައެޅުމުގެ ސުންގަޑިއަކީ 15 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 14:00އެވެ.

 

މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމްގެ ލިންކް: https://forms.gle/NUeEZh4BGDNaw7g99

 

25 ޖޫން 2024