ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)272-ESMS/272/2024/76
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 04 ޖުލައި 2024 13:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒުވާނުންގެ ޤައުމީ އިނާމު 2024 އަށް އެދިލެއްވުމާއި ބެހޭ

ޒުވާނުންގެ ޤައުމީ އިނާމު 2024 އަށް އެދިލެއްވުމާއި ބެހޭ

މި އަހަރު ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ 12 އޮގަސްޓް 2024 ގައެވެ. އެގޮތުން ޒުވާނުންނަށް ޚާއްސަ ކުރެވިގެން ޒުވާނުންގެ އިނާމް (Youth Award) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އަހަރު ޒުވަނުންގެ އިނާމް (Youth Award)  ތަފާތު 17 ދާއިރާއަކުން ދިނުމަށް ވަނީ ކަނޑައެޅިފައެވެ. ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތަށް ފަހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނަމެކެވެ. އަދި މި އިނާމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދިމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ.

ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް އިނާމުގެގޮތުގައި ޒުވާނުންނަށް ދެވޭ ޚާއްޞަ އެވޯޑާއި އަދި ސެޓްފިކެޓް ލިބިގެންދާނެއެވެ.

ވީމާ، މި އިނާމަށް ނަން ހުށައެޅުއްވުމަށް ޝަރުތުހަމަވާ 18 އަހަރު ފުރި 36 އަހަރު ނުވާ ފަރާތްތަކުން، 04 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ ގޫގުލް ލިންކް: https://forms.gle/ULrpZrSs96jPhK6DA ނުވަތަ އީމެއިލް  [email protected]  މެދުވެރިކޮށެވެ. ނުވަތަ މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް (ސޯޝަލް ސެންޓަރ) ރިސެޕްޝަނަށެވެ. ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދި ހުށަހަޅައި ފޯމް މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ވެބްސައިޓުން ލިބެން ހުންނާނެވެ. އަދި ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 13:30 އަށެވެ.

މިކަން މިނިސްޓްރީ އޮފް ޔޫތް އެމްޕަވަމެންޓް، އިންފޮމޭޝަން އެންޑް އާރޓްސް ގެ ނަންބަރ:  493-YE/CIR/2024/4 (23 ޖޫން 2024) ސަރކިއުލަރ އިން މިކައުންސިލަށް އަންގާފައިވާތީ،  އާއްމުކޮށް އެންގުމަށްޓާކައި އިޢުލަން ކުރަމެވެ. ވީމާ، މިކަމަށް ސައުގުވެރިވާ ފަރަތެއް ވާނަމަ ބަޔަންކުރެވިފައިވާ ފަދައިން ފޯމް ފުރުމަށް ދަންނަވަމެވެ.

25 ޖޫން 2024