މަސައްކަތް
ނަންބަރު: (IUL)472-ADM/472/2024/51
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި: 04 ޖުލައި 2024 11:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މި ވުޒާރާއިންދޭ އިންޓީރިއަރ ޑިޒައިން އާއި އެއްގޮތަށް ބައެއް ކޮޓަރިތަކާއި މީޓިންގ ރޫމެއް މަރާމާތުކޮށް ފަރނިޗަރ ހޯދަދޭނެ ފަރާތެއް ހޯދުން

މި ވުޒާރާއިންދޭ އިންޓީރިއަރ ޑިޒައިން އާއި އެއްގޮތަށް ބައެއް ކޮޓަރިތަކާއި މީޓިންގ ރޫމެއް މަރާމާތުކޮށް ފަރނިޗަރ ހޯދަދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް 30 ޖޫން 2024 ވާ އާދިއްތަ ދުވަހު 11:00 އަށް އަދި އަންދާސީ ހިސާބު ހުށެހެޅުއްވުމަށް 04 ޖުލައި 2024 ވާ ބުރާސްފަތި ދުވަހު 11:00 އަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ، އުމަރު ޒާހިރު ބިލްޑިންގ (ލޮޓް ނަމްބަރު 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ) ގެ 3 ވަނަ ފަންގިފިލާއަށް ވަޑައިގެންނެވުން އެދެމެވެ. މި އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާހާ އަދި ހުށަހަޅަންޖެހޭ ފޯމްތައް މި އިޢުލާނާއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

         އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ، ރަސްމީ މަސައްކަތު ގަޑީގައި 1511 އަށް ގުޅުއްވާ މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ. ނުވަތަ މެއިލް މެދުވެރިކޮށް [email protected] އަށް ފޮނުވުން އެދެމެވެ.

އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

25 ޖޫން 2024