ބީލަން
ނަންބަރު: (IUL)259/2024/52
ޕަބްލިޝްކުރި ތާރީޚް: 25 ޖޫން 2024
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 10 ޖުލައި 2024 11:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ޕުރީ ސުކޫލުގެ ބައެއް މަރާމާތުތައްކޮށްދޭނެ ފަރާތެއް ހޯދުން

ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލުން ފޯރުކޮށްދޭ ނަމޫނާ އާއި އެއްގޮތަށް، ހދ ފިނޭގެ ޕުރީ ސުކޫލުގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް މިކައުންސިލުން ބީލަން ހުށަހެޅުމުގެ ދަޢުވަތު  އަރުވަމެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ޤާނޫނު ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 26 ޖޫން 2024 އިން 04 ޖުލައި 2024 ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހަކު  08:30 އިން 13:00 އާއި ދެމެދުއެވެ. ބީލަމަށް ރަޖިސްޓްރީ ކުރެވޭނީ މިއިދާރާއަށް ވަޑައިގެން ނުވަތަ ނުވަތަ މެއިލްކޮށްގެނެވެ. ރަޖިސްޓްރޭޝަން ފީ އެއްގެ ގޮތުގައި 50/- (ފަންސާސް ރުފިޔާ) ގެ ނޮން-ރީފަންޑަބަލް ފީއެއް ނެގޭނެއެވެ. އަދި، ބީލަމުގައި ރަޖިސްޓްރީކުރެވުނީކަމުގައި ބަލާނީ، ރަޖިސްޓްރޭޝަން ފީ ދެއްކުމުންނެވެ. މެއިލް މެދުވެރިކޮށް ފޮނުއްވާނީ [email protected]  އަށެވެ.


ރަޖިސްޓްރީކުރުމަށް ފައިސާ ފޮނުވަންވީ އެކައުންޓްގެ ތަފްސީލު:

އެކައުންޓް ނަން : Revenue 1

އެކައުންޓް ނަންބަރު: 7706700422001

ރަޖިސްޓަރ ކުރެއްވުމަށް މެއިލްގައި ހިމަނަންޖެހޭ / މިއިދާރާއަށް ވަޑައިގެން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު:  

1-   އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

2-   ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން

3-   ގުޅޭނެ ފޯނު ނަންބަރު

4- ޓްރާންސްފަރ ސްލިޕް

4-   އީމެއިލް އެޑްރެސް

5-    މެއިލް ފޮނުވާ ފަރާތް / އިދާރާއަށް ވަޑައިގަންނަވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު

  • ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއެއް މެއިލްގައި އެޓޭޗް ކުރަންވާނެއެވެ.

 ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލުން ފޯރުކޮށްދޭ ނަމޫނާ އެއްގޮތަށް، ހދ ފިނޭ ޕުރީ ސުކޫލުގައި ހުރި މަރާމާތު މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ 10 ޖުލައި 2024 ވާ ބުދަ ދުވަހުގެ 11:00 އެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ އެވެ.

އަންދާސީ ހިސާބު ހުޅުވުން އޮންނާނީ،  10 ޖުލައި 2024 ވާ ބުދަ ދުވަހުގެ 11:00 ގައި، މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މި ބިޑަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި މަސައްކަތަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި، އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ.

އިތުރުމަޢުލޫމާތު ހޯއްދެވުމަށް، [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6520027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

25 ޖޫން 2024