ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2015/184
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2015
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި:
25 މޭ 2015 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް
މިކުންފުނީގެ ސުޕަރމާކެޓަށް 1 މަސްދުވަހުގެ ކޮންޓްރެކްޓަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު: އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް
އަދަދު: 08
އެހެނިހެން އިނާޔަތްތައް:
- އަސާސީ މުސާރަ: -/3،380ރ އާއި -/4،030ރ އާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައިދެވޭނެއެވެ.
- އިތުރު އެލަވަންސް: -/2،000ރ އާއި -/2،500ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
- ރަމަޟާން މަހުގެ އިނާޔަތް: -/2،000ރ ވަޒީފާއާ ބެހޭ ޤާނޫނުގައިވާ އުސޫލުން ހަމަޖައްސައިދެވޭނެއެވެ.
- ގަޑިނުޖެހި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/45ރ ލިބޭނެއެވެ.
- އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު:
- ހަރުގަނޑުތަކުގައި މުދާޖެހުމާއި، ތަކެތި ލޭބަލްކުރުން، އަދި ކަސްޓަމަރުންނަށް އެހީތެރިވުން
- ކައުންޓަރުގެ މަސައްކަތްތައް ކުރުން އަދި ސުޕަރމާޓްގެ ވިޔަފާރި އިތުރުކުރަމަށް މަސައްކަތް ކުރުން
ތަޢުލީމާއި ތަޖުރިބާ:
- ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން
- މިދާއިރާގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 25 މޭ 2015 ވާ ހޯމަދުވަހުގެ 12:30ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯގެ ހެޑްއޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
ވެބްސައިޓް: http://www.stomaldives.com/downloads
އެޑްރެސް އެސްޓީއޯ ހެޑްއޮފީސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344264 ވެބްސައިޓް: www.stomaldives.com
14 މޭ 2015